ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކެއުމާއި ސައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން

މި އިންސްޓިޓިއުޓުން 2016 ޖުލައި އަދި އޮގަސްޓު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކީ ސްޓޭޖް 3 ގެ ޓްރެއިންގ އޮފް ޓްރެއިނަރސް ވަރކޮޝްޕްތަކުގެ ބައިވެރިންނަށް ކޭޓަރިންއާއެކު ކެއުމާއި ސައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

 2016 ޖޫން 27 ވަނަ ދުވަހުގެ 11:30 އަށް

 2016 ޖުލައި 03 ވަނަ ދުވަހުގެ 11:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3323242 / 3012369 ނަންބަރު ފޯނާއެވެ.

21 ޖޫން 2016
ހޯދާ