ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައަށް ބޯޓުތަކުން ގެންދާ މުދާ ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައަށް ބޯޓުތަކުން ގެންދާ މުދާ ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައިގެ ވިޔަފާރިއަށް ގެންދާ މުދާ ބޯޓުތަކުން ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 60-ADM/2016/123 އިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ، ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ 

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 ޖޫން 28 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ. 

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ޖޫން 28 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ. 

މަޢުލޫމާތު ދިނުންރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ޖޫން 29 ވަނަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ޖުލައި 04 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 ޖުލައި 05 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ. 

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ޖުލައި 13 ވަނަ ދުވަހުގެ 14:00 ގައި އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައިގައެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:   3344371, 3344321

ފެކުސް:  3344633

އީމެއިލް: [email protected]

21 ޖޫން 2016
ހޯދާ