އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޓްރެއިނިންގ އެގްޒެކެޓިވް ޓްރެއިނީ
ބޭނުންވާ އަދަދު :1

ޓްރެއިނިންގ އެގްޒެކެޓިވް ޓްރެއިނީ (ޖޮބް ރިފަރެންސް ނަންބަރު 59/J/2016)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: މެއިންޓެނެންސް އޮގަނައިޒޭޝަން އެކްސްޕޮޒިޝަން (އެމް.އޯ.އީ) އަދި ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (އެސް.އޯ.ޕީ) ގައި ކަނޑައަޅައިފައިވާ ގައިޑްލައިނުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުންފުނީގެ އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ބޭނުންވާ ތަފާތު އެކިއެކި ތަމްރީނުތައް (ކުންފުނިން ދޭ ތަމްރީނުތަކާއި އެހެނިހެން ފަރާތްތަކުން ދޭ ތަމްރީނުތައް ހިމެނޭ ގޮތަށް) އިންތިޒާމުކޮށް ރާވައި ހިންގުން.

ޝަރުޠުތައް:

ޤާބިލުކަން: ތަމްރީނު ޝެޑިއުލާ އެއްގޮތަށް ތަމްރީނުތައް ކުރިއަށް ގެންދާނެ ގޮތްތައް އަމިއްލައަށް އިސްނަގައިގެން ދުރާލާ ރާވައި، ހިންގޭ ތަމްރީނުތައް މެނޭޖުކޮށް ސުޕަވައިޒުކުރުން. އަދި ތަމްރީނު ދެވޭ ފަރާތްތަކަށް ކިޔަވައިދިނުމާއި އިރުޝާދުތައް ދެވޭވަރުގެ ޤާބިލުކަން ހުރުން.

ތަޢުލީމީ ފެންވަރު:

- އެރޮނޮޓިކަލް/ އެރޯސްޕޭސް އިންޖީނިއަރިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރުން ނުވަތަ ބޭސިކް އެއަރކްރާފްޓް މެއިންޓެނެންސް އިންޖީނިއަރިންގ ކޯސް ފުރިހަމަކުރުން.

- ކުންފުނީގެ އޮޕަރޭޝަނާ ގުޅޭ ކަނޑައެޅިފައިވާ އުސޫލުތަކާއި ގައިޑްލައިނުތައް ފުރިހަމައަށް އެނގުން.

- ޓްރެއިން ދަ ޓްރެއިނަރ ކޯސް ފުރިހަމަކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެ.

ތަޖުރިބާ: ކިޔަވައިދިނުމުގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ ޑިޕާޓްމަންޓް / އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާރޕޯޓް

ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް

މ. ރާވެރިގެ، މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3331262 ފެކްސް ނަންބަރު: 3314806    

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aero އެވެ. އަދި މި ވަޒީފާއާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންސް ޑިސްކޮލިފައިވާނެ ވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާއަށް މީހުން ހޮވުމަށް ގުޅާނީ ހަމައެކަނި ޝޯޓްލިސްޓެޑް ކުރެވޭ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. 

15 ރަމަޟާން 1437

20 ޖޫން 2016
ހޯދާ