އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ފަޔަރވޯލް ގަންނަން ބޭނުންވެއްޖެ

އިޢުލާނު

 

ފަޔަރވޯލް ގަންނަން ބޭނުންވެއްޖެ

މި ކޮމިޝަނުގެ އިދާރާގެ ނަންބަރު: 39/A)AB-2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި އެއްވެސް ފަރާތެއްގެ މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް ފަޔަރވޯލްއެއް ވިއްކާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ތަކެތި

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

Firewall

(firewall with Redundancy)

2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 11:00

2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 11:00

ވީމާ، ފަޔަރވޯލް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭނެ ތަކެތި:

  • ކޮމިޝަނުގެ އިދާރާއަށް މި ޚިދުމަތްތައް ދިނުމަށް ހުށަހަޅާ އަގު:
  • މުއްދަތު:
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
  • މަސައްކަތަށް ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު (ޕްރޮފައިލް، ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި ކަންކަމުގައި މަސައްކަތަށް ކުރިމަތިލާ ފަރާތުން މުޢާމަލާތުކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
  • އެ މަސައްކަތަކާ ގުޅިގެން ކޮމިޝަނުން ދޭ މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ އެހެނިހެން މަޢުލޫމާތުތައް.  

 ނޯޓު:

  • މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ބާޠިލުކުރަން ޖެހިއްޖެ ޙާލަތެއް މެދުވެރިވެއްޖެނަމަ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، ގުޅުއްވާނީ 3004434 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

15 ރަމަޟާން 1437

20 ޖޫން 2016
ހޯދާ