މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބީލަންވެރިން ރަޖިސްޓަރީ ކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ބީލަންވެރިން ރަޖިސްޓަރީ ކުރުމަށް ބޭނުންވެއްޖެ

މި މިނިސްޓްރީން ބީލަމަށް ހުޅުވާލައިގެން ހޯދާ ތަކެއްޗާއި ޚިދުމަތަށް، ބީލަން ހުށަހަޅާ ފަރާތްތަކަށް ފަސޭހައިން ބީލަން ހުށަހެޅުމަށް މަގުފަހިކޮށްދިނުމާއި، އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި "ބީލަންވެރިން" މި މިނިސްޓްރީގައި ރަޖިސްޓަރީކުރާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، ބީލަންވެރިންގެ ގޮތުގައި މި މިނިސްޓްރީގެ "ބީލަންވެރިންގެ ދަފުތަރުގައި" ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން 2016 ޖޫން 20 ވަނަ ދުވަހުން ފެށިގެން 2016 ޖުލައި 14 ވަނަ ދުވަހާ ދެމެދު ރަސްމީ ގަޑީގައި މި މިނސްޓްރީއަށް ދުރުވެ "ބީލަންވެރިން ރަޖިސްޓަރީވުމަށް އެދޭ ފޯމު" ނަންގަވައި ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ފޯމު ހުށަހެޅުއްވުން އެދެމެވެ.

20 ޖޫން 2016
ހޯދާ