މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީ ގެ އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތްތަކުގެ ރަޖިސްޓަރީއެއް ހުޅުވާލުން

އެމް.ޓީ.ސީ.ސީ ގެ އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތްތަކުގެ ރަޖިސްޓަރީއެއް ހުޅުވާލުން:

އެމްޓީސީސީ ގެ އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް، ކޮންޓްރެކްޓް އުސޫލުން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ރަޖިސްޓަރީއެއް އެކުލަވާލުމަށް ބޭނުންވެއެވެ.

1. ކުރަން ބޭނުންވާ މަސައްކަތް.

    1. ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން

    2. ލަކުޑި އަދި ފައިބަރ

    3. އޮޓޯ މޯބައިލް

    4. މެރިން އިންޖިނިއަރިންގ

2. މަސައްކަތުގެ ތަފުސީލު

    1.  1 ވަނަ މާއްދާގެ 1.1 ގައި ބަޔާން ކުރެވިފައިވާ ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަންގެ ތެރޭގައި ކުރަންޖެހެނީ އޮޑިދޯނިފަހަރު ބަނުން ފަދަ ބޮޑެތި ވެލްޑިންގ މަސައްކަތްތަކެވެ. މަސައްކަތަށް ބޭނުންވާނެ، ތަކެއްޗާއި ކަރަންޓް ފޯރުކޮށްދޭނީ މިކުންފުނިންނެވެ. މީގެ އިތުރަށް މެޝިނަރީޒް، ޕްލާންޓް ފަދަ ތަކެތި ބޭނުންވެއްޖެ ހާލަތެއްގައި، ކުލި ހިނގާގޮތަށް ދޫކުރެވިދާނެއެވެ.

    2.  1 ވަނަ މާއްދާގެ 1.2 ގައި ބަޔާންކުރެވިފައިވާ ލަކުޑި އަދި ފައިބަރ މަސައްކަތުގެ ތެރޭގައި ހިމެނެނީ އޮޑިދޯނިފަހަރު ބަނުމާއި، އެހެނިހެން ބޮޑެތި ފައިބަރާއި ލަކުޑީގެ މަސައްކަތްތަކެވެ. މިމަސައްކަތްތަކަށް ބޭނުންވާނެ މަސައްކަތުގެ އާލާތް ހޯދުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ކަމެކެވެ. މި ކުންފުނިން ފޯރުކޮށްދޭނީ ކަރަންޓާއި، މަސައްކަތަށް ބޭނުންވާނެ ތަކެއްޗެވެ.

    3.  1 ވަނަ މާއްދާގެ 1.3 ގައި ބަޔާންކުރެވިފައިވާ އޮޓޯމޮބައިލް މަސައްކަތުގައި ކުރަންޖެހެނީ ކުންފުނީގެ ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތްތަކެވެ. މިމަސައްކަތްތަކަށް ބޭނުންވާނެ މަސައްކަތުގެ އާލާތް ހޯދުމަކީ މަސައްކަތް ހަވާލުވާ ފަރާތުގެ ކަމެކެވެ. މި ކުންފުނިން ފޯރުކޮށްދޭނީ ކަރަންޓުގެ ޚިދުމަތް އެކަންޏެވެ.

    4.  1 ވަނަ މާއްދާގެ 1.4 ގައި ބަޔާންކުރެވިފައިވާ މެރިން އިންޖިނިއަރިންގގެ މަސައްކަތުގައި ކުރަންޖެހެނީ ކުންފުނީގެ އޮޑިދޯނިފަހަރުގެ އިންޖީނާއި، އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓުގެ ޔާޑަށް އެހެލާ އެހެނިހެން ފަރާތްތަކުގެ އޮޑިދޯނިފަހަރުގެ އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތެވެ. މިމަސައްކަތްތަކަށް ބޭނުންވާނެ މަސައްކަތުގެ އާލާތް ހޯދުމަކީ މަސައްކަތާ ހަވާލުވާފަރަތުގެ ކަމެކެވެ. މި ކުންފުނިން ފޯރުކޮށްދޭނީ ކަރަންޓުގެ ޚިދުމަތް އެކަންޏެވެ.

ވީމާ، މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިވާ ޑޮކިއުމަންޓްތަކާއެކު ރަޖިސްޓަރީގައި ނަން ނޯޓް ކުރެއްވުމަށް 20،21،22،23،26 ޖޫން 2016 ވަނަ ދުވަހުގެ 10:30 އިން 12:00 އާ ދެމެދު މިކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް (އެމްޓީސީސީ ޓަވަރުގެ 2 ވަނަ ފަންގިފިލާ) ވަޑައިގެން ދެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • މަސައްކަތަށް ޝައުޤުވެރިވާ ފަރާތުގެ ކުންފުނި ނުވަތަ، ފަރުދީ ވިޔަފާރި ރަޖިސްޓަރީ ހުށަހެޅުން.

  • ހިއްސާދާރުންގެ މަޢުލޫމާތު ހުށަހެޅުން.

  • މަސައްކަތް ކުރާ ވާރކްޝޮޕެއް ފަދަ ތަނެއް ހުރިނަމަ އެތަނުގެ ތަފުސީލު ހުށަހެޅުން

  • މަސައްކަތް ކުރާ މުވަޒަފުންގެ ވަނަވަރު ހުށަހެޅުން

  • މަސައްކަތުގައި ބޭނުންކުރާ މައިގަނޑު މެޝިނަރީޒްތަކުގެ ތަފުސީލު ހުށަހެޅުން

20 ޖޫން 2016
ހޯދާ