މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ރ.ވަންދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގައި ޤާއިމު ކޮށްފައިވާ އިންސިނެރޭޓަރގައި އެނަރޖީ ބޮއިލަރެއް އިންސްޓޯލް ކުރުމުގެ މަސައްކަތް

ޕްރޮޖެކްޓް ނަންބަރު: TES/2016/G-005-R01   

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރ.ވަންދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގައި ޤާއިމު ކޮށްފައިވާ އިންސިނެރޭޓަރގައި އެނަރޖީ ބޮއިލަރެއް އިންސްޓޯލް ކުރުމުގެ މަސައްކަތް:

 1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ރ.ވަންދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގައި ޤާއިމުކޮށްފައިވާ އިންސިނެރޭޓަރގައި އެނަރޖީ ބޮއިލަރެއް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި މިނިސްޓްރީގެ ނަންބަރު (IUL)13-K1/13/2016/76 (15 މޭ 2016) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 2. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 3. ބީލަމުގައި ބައިވެރިވުމަށް -/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 21 ޖޫން 2016 އިން 13 ޖުލައި 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް (ރަމަޟާންމަހު 10:30 އިން 1:00 އަށް) މި މިނިސްޓްރީންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯމެޓްގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

   ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޝަން،

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

   ފޯން: 3349105    3349106

   ފެކްސް: 3320706    3324432

   އީމެއިލް: [email protected]

   ކޮޕީ: [email protected]

 5. މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/50,000ރ (ފަންސާސް ހާސް ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

 6. މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 1300 ގައި، މިމިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 ޖޫން 29 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ.

 7. ބީލަން ހުޅުވުން އޮންނާނީ 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

20 ޖޫން 2016
ހޯދާ