ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ މި އަހަރަށް ބޭނުންވާ ކޭބަލްތައް ސަޕްލައިކޮށްދެއްވާނޭ ފަރާތެއް ހޯދުމަށްް ކުރެވުނު އިއުލާން ނަންބަރު: H-2016/65 އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 21 އިން 2016 ޖުލައި 04 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:30 އިން މެންދުރު 13:00 އާ ދެމެދު 100.00 ޔޫ.އެސް ޑޮލަރު ނުވަތަ -/1500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2016 ޖުލައި 04 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. އަދި 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 2016 ޖޫން 21 އިން 2016 ޖުލައި 04 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:30 އިން 13:00 އާ ދެމެދުގައެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/20,000 ރ. (ވިހިހާސް) ރުފިޔާ ނުވަތަ 1,250.00 (އެއްހާސް ދުއިސައްތަފަންސާސް) ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑު ކާމިޔާބުކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 90 (ނުވަދިހަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު، މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުށްވުން ޢެދެމެވެ.

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2016 ޖޫން 21 އިން 2016 ޖުލައި 4 އަށް

10:30 އިން 13:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2016 މާރިޗު 13 އިން 2016 މާރިޗު 23 އަށް

10:30 އިން 13:00 އަށް

މަޢުލޫމާތު ދިނުން

2016 ޖުލައި 04 ގައި (ހޯމަ)

11:00 ގައި

އަގު ހުށަހެޅުން

2016 ޖުލައި 14 ގައި (ބުރާސްފަތި)

11:00 ގައި

16 ރަމަޟާން 1437

ނޯޓު:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވާނަމަ، އެ މާއްދާގައި ބުނާ ފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338124 / 3338122 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
20 ޖޫން 2016
ހޯދާ