މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އޮފިސަރ، ސްޓެޓިސްޓިކްސް ގްރޭޑް 1
ބޭނުންވާ އަދަދު :1

ޝަރުޠު:

  • ބެޗްލަރސް ޑިގްރީ / ޑިޕްލޮމާ އިން ސްޓެޓިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ސެޓުފިކެޓު ހާސިލުކޮށްފައިވުން.
  • ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

  • ސްޓެޓިސްޓިކްސް ޓާރމްސް އާއި ކޮންސެޕްޓް ރަނގަޅަށް އެނގުން.

  • އިނގިރޭސިބަހުންނާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

  • ހަވާލުކުރާ މަސައްކަތް ކަނޑައެޅިފައިވާ ވަގުތުތަކަށް ނިންމުން.

  • ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

  • އުމުރު: 21 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ސްޓެޓްސްޓިކްސްއަށް ބޭނުންވާ މަޢުލޫމާތު ކޮމްޕެނީގެ ޑިޕާޓްމަންޓް / ސެކްޝަންތަކުން ހޯދާ އެއްކޮށް އެނަލައިޒްކުރުން.

  • ޤާއިމުކުރެވިފައިވާ މެތަޑެއް ބޭނުންކޮށްގެން ސްޓެޓިސްޓިކަލް ސަރވޭ ކުރުމާއި، މަޢުލޫމާތުތައް އަޅާކިޔައި ޞައްޙަ މަޢުލޫމާތުތޯ ޔަގީންކުރުން.

  • ސްޓެޓިސްޓިކަލް މަޢުލޫމާތު އެއްކުރާނެ ކޮންސެޕްޓެއް ޑިވެލޮޕްކުރުން. މިއީ ކުންފުނީގެ މުހިންމު މަޢުލޫމާތަކަށްވާއިރު ކޮންފިޑެންޝަލިޓީ ދެމެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

  •  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

  •  3 މަސްދުވަސް ހަމަނުވާ ޕޮލިސްރިޕޯޓް 

    ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

    ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

    މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

    ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

    އިތުރު މަޢުލޫމާތު : ފޯނު –  3325511

މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަރވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

16 ޖޫން 2016
ހޯދާ