މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އޮފިސަރ، އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރ
ބޭނުންވާ އަދަދު :2

ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނިންމާފައިވާ ފަރާތަކަށްވުން.
  • 22 އަހަރާއި 45 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

  • މަދުވެގެން 3 އަހަރު ކުޅިވަރުގެ ހަރަކާތްތައް ހިންގުމުގެ ދާއިރާއެއްގައި އުޅެފައިހުރި ފަރާތަކަށްވުން.

  • ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
  • އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރުގެ އަހަރީ އަދި އެނޫންވެސް ރިޕޯޓްތައް ތައްޔާރުކުރުން.

  • އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރުގެ ދަށުން ހިންގާ ހަރަކާތްތަކުގެ ރެކޯޑްތައް ބެލެހެއްޓުން. 

  • އެއަރޕޯޓް ސޯޝަލް ރެކްރިއޭޝަން އަދި ކޮމިޓީ މީޓިންގތަކުގެ ޔައުމިއްޔާ ނެގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

  •  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

  •  3 މަސްދުވަސް ހަމަނުވާ ޕޮލިސްރިޕޯޓް

    ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:   

    ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

    މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

    ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

    އިތުރު މަޢުލޫމާތު:ފޯނު –  3325511

    މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަރވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

16 ޖޫން 2016
ހޯދާ