މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންޓްރެކްޓް މުވައްޒަފެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ކޮންޓްރެކްޓް މުވައްޒަފެއް ހޯދުމަށް ބޭނުންވެއްޖެ

މިމިނިސްޓްރީގެ ފަރާތުން ފަރުމާ ކުރުމަށް ބޭނުންވާ ވެބް އެޕްލިކޭޝަން ޑިވެލޮޕްކޮށް، ޑާޓާ މެނޭޖުމަންޓްގެ މަސައްކަތް ކުރުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން 01 މުވައްޒަފު ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން 2016 ޖޫން 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ފޮނުވުން އެދެމެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު

1- ކޮމްޕިއުޓަރ ޕްރޮގްރާމްގެ ދާއިރާއިން ދަށްވެގެން ޑިގްރީފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުން

2- PHP, MySQL, Wordpress ފަދަ ޕްލެޓްފޯމަށް އަހުލުވެރިވެފައިވާނަމަ، އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މަސައްކަތް

1 – މިމިނިސްޓްރީގެ ޑާޓާ ޕްރޮސެސިންއާ ގުޅޭ މަސައްކަތް

2 – ވެބް އެޕްލިކޭޝަން ޑިޒައިންކޮށް ޑިވެލޮޕްކުރުން

3 – މިހާރު މިނިސްޓްރީގެ ފަރާތުން ޑިވެލޮޕް ކުރަމުންދާ އެޕްލިކޭޝަންތައް ކަސްޓަމައިޒްކޮށް ތަރައްޤީކުރުން

މުސާރައާއި އެލަވަންސް

މުސާރައާއި އިނާޔަތްތައް -/18,000 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް

1- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

2- ވަޒީފާ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403

19 ޖޫން 2016
ހޯދާ