މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންޖިނިއަރ (ވޭސްޓް މެނޭޖްމަންޓް ކޮމްޕޯނަންޓް)

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އިންޖިނިއަރ (ވޭސްޓް މެނޭޖްމަންޓް ކޮމްޕޯނަންޓް)  

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން  އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ''ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް'' ގެ ދަށުން 'އެސްޓަބްލިޝްމަންޓް އޮފް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ސިސްޓަމް އިން ޒޯން 1" މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށާއި، ޕްރޮޖެކްޓް ރާވައި ހިންގުމަށްޓަކައި އިންޖިނިއަރެއް އައްޔަން ކުރުމަށް ބޭނުންވެއެވެ.

އިންޖިނިއަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށްގެންދާ ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި، ޕްރޮޖެކްޓް ރާވައި ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އިންޖިނިއަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) ސިވިލް ނުވަތަ އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ (ސޮލިޑް ވޭސްޓް މެނޭޖްމަންޓް އިލެކްޓިވް މާއްދާތަކުގެ) ގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލު ކޮށްފައިވުން.

ށ) މަދުވެގެން 10 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މަދުވެގެން 07 އަހަރުދުވަހު ސޮލިޑް ވޭސްޓް މެނޭޖްމަންޓް ސިސްޓަމް މަޝްރޫޢުތައް ޑިޒައިންކުރުމުގައާއި މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

ނ) ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ) މައިކްރޯސޮޕްޓް އޮފީސް ޕެކޭޖް އަދި ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިން ސޮފްޓްވެއަރތަކަށް އަހުލުވެރިވެފައިވުން.

ބ) ފަރިތަކަމާއެކު އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި ޕްރެޒެންޓޭޝަން ދިނުމާއި އަދި ނެގޯސިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.

ޅ) މަޝްރޫޢާ ގުޅޭ ތަފާތު އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ޕްރޮޖެކްޓް ޓީމު މޯޓިވޭޓްކުރުވުމާއި، ލީޑަރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކ) ރާއްޖޭގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމަކީ މިކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި އިސްކަންދެވޭނެ ކަމެކެވެ.

އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން. އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛ 

  - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

  - މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އަދި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

  - އިންޓަރވިއުއަށް ހޮވިފައިވާ ފަރާތްތަކަށް އިންޓަރވިއުއަށް ދަޢުވަތު އެރުވޭނެއެވެ. އަދި އެފަރާތެއް ކުރިން ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ ހެކިކޮށްދޭނެ ފަރާތްތަކުގެ ތަފުސީލު ފޮނުވުމަށް އެންގޭނެއެވެ.

  - މި މަޤާމަށް ހޮވޭ ފަރާތަށް ކުރަންޖެހޭ ޕްރޮޖެކްޓުގެ މަސައްކަތުގެ ލަނޑުދަޑިތައް ރަނގަޅަށް އެނގި، އެލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އެނގެންވާނެއެވެ.

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި -/38,000 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ ސައުވީސް (24) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އެއް (1) އަހަރުދުވަހަށް އިތުރުކުރެވިދާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 04 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓްސް

އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން:  453-3018-960+

ފެކްސް: 301-3018-960+

އީމެއިލް: [email protected] 

އިތުރު މަޢުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނުން 3018453 އަށް ގުޅުއްވުން އެދެމެވެ.

16 ޖޫން 2016
ހޯދާ