ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ރޭންކް:

އެމް. އެސް. 1

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓްކޯޓް

އަސާސީ މުސާރަ:

މަހަކު -/5،610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

 

އިތުރުގަޑިއާއި އެހެނިހެން އެލަވަންސް:

   

- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

- ލިވިންގ އެލަވަންސް: މަހަކު -/2،550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ % 20

އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

އަސާސީ ޝަރުޠު:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، GS 4 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

 

- މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

- މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނެޓްވޯކް މަރާމާތުކޮށް ބެލެހެއްޓުމާބެހޭ އެންމެހައި ކަންކަން ކުރުން.

- ކޯޓުތަކުގެ މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ބަލައި، އެ ތަކެތި މަރާމާތުކުރުމާބެހޭ މަސައްކަތްކުރުން.

- ކޯޓުތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

- މީގެ އިތުރުން، އެވަގުތަކު ދާއިރާ ހިންގަވަން ހުންނެވި ވެރިއަކު އަންގަވާ ރަސްމީ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، މި ކޯޓުގައި ނުވަތަ މި ކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އިންޓަވިއު އޮންނަ ދުވަހާއި، އިންޓަވިއު އޮންނަ ތަން، އިންޓަވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތް:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާނީ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމުންނެވެ. މި ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

 

 

ހުށަހަޅަންޖެހޭ ތަކެތި:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)

- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

- ވަނަވަރު (ސީ.ވީ)

- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަޑި:

2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 14:00
10 ރަމަޟާން 1437
15 ޖޫން 2016
ހޯދާ