މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

ޕްރޮޖެކްޓް އެސިސްޓެންޓް – ނޭޝަނަލް އިމްޕްލިމެންޓިންގ އެންޓިޓީ އެކްރެޑިޓޭޝަން ޓު އެޑެޕްޓޭޝަން ފަންޑް

އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާގެ ދަށުން ޤާއިމުކޮށްފައިވާ އެޑެޕްޓޭޝަން ފަންޑަށް ދިވެހިރާއްޖޭގެ ފަރާތުން ނޭޝަނަލް އިމްޕްލިމެންޓިންގ އެންޓިޓީއެއް އެކްރެޑިޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް، ޕްރޮޖެކްޓް އެސިސްޓެންޓެއް އައްޔަނު ކުރުމަށް ބޭނުންވެއެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ކެންޑިޑޭޓުން "ޕްރޮޕޯޒަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ އެއް (1) އަހަރުދުވަހެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު ނުވަތަ ސީ.ވީ
  • މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު ( ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު ، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު )
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)

ސުންގަޑި

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 2016 ޖޫން 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯޒަލް" ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާގެ މަސްއޫލިއްޔަތާއި އަދި އެހެނިހެން ތަފުސީލު ހިމެނޭ މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329، 3018350 އަށް ގުޅުއްވުން އެދެމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ، މާފަންނު، ހަނދުވަރީ ހިނގުން،

މާލެ، ދިވެހިރާއްޖެ

15 ޖޫން 2016
ހޯދާ