ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޑިރެކްޓަރ
|
މަޤާމުގެ ރޭންކް:
|
އީ. އެކްސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޑިރެކްޓަރ
|
މުސާރަ:
|
-/8,835 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2,000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
3,092/25 ރުފިޔާ
|
އިތުރުގަޑީގެ ފައިސާ:
|
އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް، ސެކްޝަން، ރަށް:
|
މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެނަރޖީ ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު
|
01 ( އެކެއް )
|
ޝަރުޠު
|
- އިލެކްޓްރިކަލް، މެކޭނިކަލް ނުވަތަ ހަކަތައާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިލެކްޓްރިކަލް، މެކޭނިކަލް ނުވަތަ ހަކަތައާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އިލެކްޓްރިކަލް، މެކޭނިކަލް ނުވަތަ ހަކަތައާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިލެކްޓްރިކަލް، މެކޭނިކަލް ނުވަތަ ހަކަތައާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އިލެކްޓްރިކަލް، މެކޭނިކަލް ނުވަތަ ހަކަތައާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިލެކްޓްރިކަލް، މެކޭނިކަލް ނުވަތަ ހަކަތައާއި ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ތަންފީޒުކުރެވޭ މިންވަރު ބަލައި، ރަނގަޅު މޮނިޓަރިންގ އެންޑް އިވެލުއޭޝަން ނިޒާމެއްގެ ދަށުން މޮނިޓަރކޮށް ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން
- މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ދިމާވާ މައްސަލަތައް ފާހަގަކޮށް ހައްލުކުރަން މަސައްކަތްކުރުމާއެކު، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުން.
- ހަކަތައިގެ ދާއިރާގެ ޕޮލިސީތަކާ އެއްގޮތްވާގޮތުގެ މަތިން ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް އެކުލަވައިލައި، ފައިނޭންސިންގ އަދި އިމްޕްލިމެންޓިންގ ޕްލޭން ތައްޔާރުކޮށް ޕްރޮޕޯޒަލް ހަދައި ހުށަހެޅުން.
- ބޭރުގެ އެކި ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓްކޮށް އެފަރާތްތަކަށް ޖަވާބުދިނުން.
- ރާއްޖެއާއި ރާއްޖޭއިން ބޭރުގެ އެކިއެކި ފޯރަމްތަކުގައި މިނިސްޓްރީ ތަމްސީލުކުރުން.
- ޔުނިޓް ހެޑަށް ލަފައާއި މަޝްވަރާ ދިނުމާއި، އޮފީހުގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- ހަކަތައިގެ ދާއިރާގައި ޢިލްމާއި ތަޖުރިބާ ލިބިފައިވާ މިންވަރު
- މެނޭޖުމަންޓް ދާއިރާގެ ތަޖުރިބާ.
- ދިވެހި އަދި އިނގިރޭސިބަހުގެ ހަމަތަކާއި ގަވާއިދުތައް އެނގޭ މިންވަރު.
- މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު.
- އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ މިންވަރު.
- ރާއްޖޭގެ ޤާނޫނުތަކާއި، ގަވާއިދުތަކަށް އަހުލުވެރިވެފައިވުން.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް ( އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް ) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ސުންގަޑި:
|
2016 ޖުލައި 03 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
|
އިންޓަރވިއު:
|
އިންޓަރވިއުއާއި އިމްތިޙާން ކުރުން 04 ޖުލައި 2016 އާއި 24 ޖުލައި 2016 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
10 ރަމަޟާން 1437
|