މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްއިންދޭ ކުރެހުމާ އެއްގޮތަށް އައި.އެން.އައި.އޭގެ މަގުހުރަހެއް ހިޔާ ކޮށްދޭނެެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 އެމް.އޭ.ސީ.އެލް އިން ދޭ ކުރެހުމާ އެއްގޮތަށް އައި.އެން.އައި.އޭގެ މަގުހުރަހެއް ހިޔާ ކޮށްދޭނެެ ފަރާތެއް ހޯދުމާ ބެހޭ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އައި.އެން.އައި.އޭ)ގައި މި ކުންފުނިން ދޭ ކުރެހުމާ އެއްގޮތަށް އައި.އެން.އައި.އޭގެ މަގުހުރަހެއް ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު:116-F3/IFB/2016/40 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖޫން 2016 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން ސިޓީއަކުން, ފެކްސްްއަކުން ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ޝައުޤުވެރިވެލައްވާކަން ފާޅުކުރެއްވުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރައްވާ ފަރާތްތައް ރަޖިސްޓަރީކުރެވި، އިނގިރޭސި ބަހުން ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖުލައި 12 ވާ އަންގާރަ ދުވަހުގެ ހެދުނު 10:30 ގައެވެ. ބީލަންތައް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 12 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30  ގައި، މި ކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައިއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މި ކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި ބީލަން އެވޯޑްކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337266/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

16 ޖޫން 2016
ހޯދާ