ވިލިމާލޭ ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓާރޑް ނާރސް، ކްލިނިކަލް ނާރސް

ވަޒީފާގެ ފުރުޞަތު

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ތިރީގައިމިވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ. މި މަޤާމްތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

ރެޖިސްޓާރޑް ނާރސް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS1

ބޭނުންވާ އަދަދު

6 (ހައެއް)

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް / ސެކްޝަން:

ނާރސިންގ ސަރވިސަސް

 

ތަޢުލީމާއި ތަޖުރިބާ:

1. ސަރުކާރު ގަބޫލުކުރައްވާ އިންސްޓްޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ޑިޕްލޮމާއިން ކޮންވާރޝަން އިން ނަރސިންގ ކޯސް ފުރިހަމަކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ވިލިމާލޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެވޭ ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި، ހޮސްޕިޓަލުގެ ޚިދުމަތަށް އަންނަ މީހުންނަށް އެހީތެރިވެދިނުން.

 

 

މަޤާމް:

ކްލިނިކަލް ނާރސް

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS3

ބޭނުންވާ އަދަދު:

2 (ދޭއް)

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް / ސެކްޝަން:

ނާރސިންގ ސާރވިސަސް

 

 

ތަޢުލީމާއި ތަޖުރިބާ:

1. ނަރސިންގ ދާއިރާއިން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ސީނިއަރ ރެޖިސްޓަރޑް ނަރސްއެއްގެގޮތުގައި 4 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން. އަދި؛

3. ޕަރފޯމަންސް އެޕްރައިސަލްގެ ފާއިތުވި 4 އަހަރުދުވަހުގެ އެވްރެޖް %80 އަށްވުރެ މަތިން ހާސިލުކޮށްފައިވުން. އަދި؛

4. މަސައްކަތުގެ ޒިންމާ އުފުލަން އެނގުމާއެކު، ގަވާއިދުތަކަށް ފަރުވާ ބެހެއްޓުން. އަދި؛

5. އަޚްލާޤީ (ޑިސިޕްލިން) އެއްވެސް މައްސަލައެއް އަދި މެޑިކަލް ނެގްލިޖެންސްގެ އެއްވެސް މައްސަލައެއް، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ރެކޯޑްކުރެވިފައި ނެތުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ވިލިމާލޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެވޭ ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި، ވޯޑެއްގެ ނާރސިންގ ކެއަރ ދެވޭނެ އިންތިޒާމް ރާވައި ހަމަޖެއްސުން.

 

މި މަޤާމްތަކަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަަށަވަރުކުރުމަށްޓަކައި އިންޓަވިއުކޮށްގެން.

(މި ވަޒީފާތަކަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައި، 10 ފަރާތެއް ޝޯޓް ލިސްޓްކުރުމަށްފަހުގައެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވިލިމާލޭ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލު ގެ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  4. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅަންވާނެވެ.
  6. މުއްދަތު ހަމަނުވާ ނަރސިންގ ރެޖިސްޓްރޭޝަނާއި ލައިސަންސްގެ ކޮޕީ.
  7. ސެޓުފިކެޓު ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓާއި، ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  9. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  10. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  11. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 12.30 ގެ ކުރިން ވިލިމާލޭ ހޮސްޕިޓަލުގެ އޮފީހަށް. 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 12.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން:

ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 އިން 12.30 އަށް ވިލިމާލޭ ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ވިލިމާލޭ ހޮސްޕިޓަލުގައި.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3391019 އެވެ.

9 ރަމަޟާން 1437

14 ޖޫން 2016
ހޯދާ