މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
އޯލް އިން ވަން ޑެސްކްޓޮޕް 10 ސީޕީޔޫ ގަންނަން

އިޢުލާން

މި ސްކޫލަށް އޯލް އިން ވަން ޑެސްކްޓޮޕް 10 ސީޕީޔޫ ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ދުވަސްތަކުގައި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 11:30 ގައި

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 13:00 ގައި

 

 

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ، ނަންބަރު 3390634 ފޯނަށް ގުޅުއްވުން އެދެމެވެ.

14 ޖޫން 2016
ހޯދާ