މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ ގޮތުން ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ރަމަޟާންމަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމާބެހޭ:

މި ކައުންސިލްގެ ނަންބަރު (IUL)306/306/2016/62 (25 މޭ 2016) އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާފައިނުވާތީ، އެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިރަށު މިސްކިތްތަކުގެ އާބާތުރަފިލުވުމުގެ ގޮތުން ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. އަދި މިކަމަށް ތައްޔާރުކުރެވިފައިވާ ބިޑް ޑޮކިއުމަންޓް ކައުންސިލުން ގަންނަން ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

މަޢުލޫމާތުދިނުން

ބިޑް ހުށަހެޅުން

23 ޖޫން 2016، (ބުރާސްފަތި) 11:00

28 ޖޫން 2016، (އަންގާރަ) 11:00

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢޫލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމުސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢޫލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވ،ާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމުސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމުސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމުސީލުކުރެއްވޭނީ އެއް ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސްދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެކެވެ.

1-   މަސައްކަތުގެ އަގު (60 އިންސައްތަ)

2-   މަސައްކަތް ނިންމޭނެ މުއްދަތު (15 އިންސައްތަ)

3-   މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް (10 އިންސައްތަ)

4-   މިފަދަ މަސައްކަތުގެ ތަޖުރިބާ (15 އިންސައްތަ)

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 ޖޫން 2016
ހޯދާ