ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗް އަދި ލެވެލިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މަޑަވެލި ފުޓްސަލްދަނޑު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފުޓްސަލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗް އަދި ލެވެލިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތުގެ މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުވެވެންނެތް ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވިކަން އެނގޭނެ ސިޓީއެއް، އަދި ވިޔަފާރި، އިންވެސްޓްމެންޓް އަދި ކުންފުންޏަކުން ފޮނުވާނަމަ އެ ކުންފުންޏެއްގެ ލެޓަރހެޑުގައި ލިޔެ، ސޮއިކޮށްފައިވާ ސިޓީއެއް ގެންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.

ވަގުތު

ދުވަސް

ތާރީޚު

 

13:15

އާދީއްތަ

19 ޖޫން 2016

މަޢުލޫމާތު ސާފުކުރުން

13:00

ބުރާސްފަތި

23 ޖޫން 2016

އަންދާސީހިސާބު ހުށަހެޅުން

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ޖޫން 2016
ހޯދާ