މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީފެބުރިކޭޓެޑް ފިއުލް ޓޭންކެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ކ. ހުރާ ކައުންސިލްގެ ފަރާތުން ހިންގަމުން އަންނަ ހުރާ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ރައްކާކުރުމަށްޓަކައި 100 ޓަނުގެ "ޕްރީފެބުރިކޭޓެޑް ފިއުލް ޓޭންކެއް" ބަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ:

ކ. ހުރާ ކައުންސިލްގެ ފަރާތުން ހިންގަމުން އަންނަ ހުރާ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ރައްކާކުރުމަށްޓަކައި 100 ޓަނުގެ "ޕްރީފެބުރިކޭޓެޑް ފިއުލް ޓޭންކެއް" ސަޕްލައިކޮށް އިންސްޓޯލްކުރުމާއި ޓޭންކަށް ބޭނުންވާ ފައުންޑޭޝަން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ކަންކަން ފުރިހަމަކޮށް ބިޑް ހުށަހެޅުމަށް ދަންނަވަމެވެ.

  1. ޓޭންކްގެ ބުރޭންޑާއި ޓޭންކް އުފެއްދި ޤައުމު
  2. ޓޭންކުގެ އުސްމިނާއި ފުޅާމިން އެނގޭނެ ފަދަ ކުރެހުމެއް
  3. ޓޭންކު ބަނދެދޭނެ އަގު
  4. ޓޭންކު ބަނުމަށް ހޭދަވާނެ މުއްދަތު
  5. އަގު އަދާކުރަން އެދޭގޮތުގެ ތަފުސީލު
  6. ވޮރެންޓީގެ މުއްދަތު

ވީމާ، މަޢުލޫމާތު ސާފުކުރުން 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

09 ރަމަޟާން 1437 

14 ޖޫން 2016
ހޯދާ