ފޮއްދޫ ސުކޫލް ނ. ފޮއްދޫ
ދިވެހިރާއްޖެ
ވޮޗަރ (ވޭޖު އެމްޕްލޯއިމަންޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:                                   

މަޤާމް:

ވޮޗަރ (ވޭޖު އެމްޕޮލޯއިމަންޓް)

ބޭނުންވާ އަދަދު:

2 (ދޭއް)

ސެކްޝަން: އިދާރީ

މުސާރަ:

ނުކުންނަ ކޮންމެ ދުވަހަކަށް -/170 ރުފިޔާ

މުއްދަތު:

6 މަސްދުވަސް

ވަޒީފާ އަދާކުރަންޖެހޭ ތަން: 

ފޮއްދޫ ސްކޫލް، ނ. ފޮއްދޫ، ދިވެހިރާއްޖެ

މަޤާމުގެ ޝަރުޠު:

- އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަންނަ މީހެއްކަމުގައިވުން.

- އުމުރުން 18 އަހަރު ފުރި، 65 އަހަރު ނުފުރޭ، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ، ޞިއްޙަތު ރަނގަޅު، ދިވެހި ރައްޔިތެއްކަމުގައިވުން.

- ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޤާނޫނީ ނުވަތަ ޝަރުޢީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިނުވާ ފަރާތްތެއްކަމުގައިވުން.

- މަސްތުވާ ތަކެތީގެ މައްސަލައެއްގައި ނުވަތަ ބަދުއަޚުލާޤީ މައްސަލައެއްގެ ތުހުމަތުކުރެވިފައިވާ މީހެއްކަމުގައި ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ސްކޫލުން ކަނޑައަޅާ ވަގުތުތަކުގައި ސްކޫލް އިމާރާތްތަކާއި ތަކެތި ބެލެހެއްޓުން.

- ސްކޫލުގައިވާ ގަސްތަކައި ޕާކުތައް ކޮށައި ބެލެހެއްޓުން.

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމަށްޓަކައި ބެލޭނެ ކަންކަން:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. ލިބިފައިވާ ހުނަރު (އިންޓަވިއުކޮށްގެން ބަލައި ކަށަވަރުކުރާ ބައި)

މަޤާމަށް މީހުން ހޮވުމަށް އިންޓަވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ފޮއްދޫ ސްކޫލުގައެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު މަޤާމަށް އެދި ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު، 2016 ޖޫން 28 އަންގާރަ ދުވަހުގެ 13.00 ގެ ކުރިން ސިޓީއަކުން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ފެންވަރުގެ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

4. ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތާއި، ވަޒީފާގައި ހޭދަވި މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 65 އަހަރުވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.
  • އެކްރެޑިޓްނުކޮށް ހުންނަ ސެޓުފިކެޓުތަކާއި ލިޔުންތަކަށް މާކުހެއް ނުދެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6560570 އެވެ. ނުވަތަ 6561807 އެވެ.

11 ރަމަޟާން 1437

 

 

 

16 ޖޫން 2016
ހޯދާ