މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗު އަދި ލެވެލިންގގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ކ. ގުރައިދޫގައި ޤާއިމުކުރެވޭ ފުޓްސަލްދަނޑުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފުޓްސަލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗު އަދި ލެވެލިންގގެ މަސައްކަތް އަމިއްލަ ތަކެތީގައި މި ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ފަރާތުން ހަދައިފައިވާ ކުރެހުންތަކާއި މަޢުލޫމާތާ އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތައްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

 

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކ. ގުރައިދޫ ކައުންސިލްގެ އިދާރާ

22 ޖޫން 2016

ބުދަ

11:00

އަންދާސީހިސާބު ހުށަހެޅުން

ކ. ގުރައިދޫ ކައުންސިލްގެ އިދާރާ

27 ޖޫން 2016

ހޯމަ

11:00

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

13 ޖޫން 2016
ހޯދާ