ޅ. އަތޮޅު މަދަރުސާ، ޅ. ކުރެންދޫ
ދިވެހިރާއްޖެ
4 ފާޚާނާ ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަދަރުސާގައި 4 ފާޚާނާ ހިމެނޭ ޢިމާރާތެއް ޢިމާރާތްކުރުމާ ބެހޭ:

މި މަދަރުސާގައި 4 ފާޚާނާ ހިމެނޭ ޢިމާރާތެއް ޢިމާރާތެއްކުރުމަށް ކުރެވިފައިވާ މި މަދަރުސާގެ ނަންބަރު GS-21/2016/33 (26 އެޕްރީލް 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 09:30 އަށް، މި މަދަރުސާގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 04 ވާ ހޯމަ ދުވަހުގެ 09:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް، ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ސިޓީއަކާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ފޮނުވަންވާނެއެވެ. ކަނޑައެޅިފައިވާ ކުރިންނާއި ފަހުން މަޢުލޫމާތުދޭގޮތަށް ހަމަޖެހިފައިނުވާ ވާހަކައާއި، މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ރަމަޟާން 1437

14 ޖޫން 2016
ހޯދާ