ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ

މި ސެންޓަރުން ހިންގާ ތިރީގައި ދެންނެވިފައިވާ ކޯސްތަކުގެ ބައެއް މާއްދާތަކަށް ސްޓަޑީގައިޑް ލިޔަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 23 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 26 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

 

ކޯސް

މާއްދާ

1

ބެޗްލަރސް އޮފް ޓީޗިންގ އިސްލާމް

އިސްލާމިކް ފެއިތު 2

2

ބެޗްލަރ އޮފް އެޑިޔުކޭޝަން

ޓީޗިންގ އެންޑް ލާރނިންގ މެތަމެޓިކްސް 2

ކޮމްބައިންޑް ސައިންސް 2

 

 

3

ބެޗްލަރސް އޮފް ނަރސިންގ

ކޮލިޓީ އެޝުއަރެންސް އިން ހެލްތު ކެޔަރ

4

ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ ދިވެހި ލޭންގުވިޖް އެންޑް ލިޓްރެޗަރ

ގަވާއިދު ކިޔަވައިދިނުމުގެ ގޮތްތައް

 

 

ބަހަވީ ޢިލްމުގެ ތަޢާރަފް 2

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސްގަޑީގައި 3345188 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

10 ރަމަޟާން 1437

15 ޖޫން 2016
ހޯދާ