މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުއަށް ހުށަހެޅޭ މެޑިކަލް ކޭސްތައް ރިވިއުކޮށް ރިޕޯޓް ތައްޔާރު ކުރުމާ ގުޅޭ

މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ މެޑިކަލް އެކިއެކި މައްސަލަތައް މިނިވަން ފަންނީ މާހިރެއްގެ ހައިސިއްޔަތުން ރިވިއުކޮށް ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވެއެވެ. މި މައްސަލަތައް ރިވިއު ކުރައްވާ ފަރާތްތަކުގެ މަޢުލޫމާތަކީ ސިއްރުކުރެވޭނޭ މަޢުލޫމާތެކެވެ. އަދި މިމަސައްކަތް ކުރައްވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ފައިސާގެ އިނާޔަތެއް ދެވޭނެއެވެ.

ބޭނުންވާ ދާއިރާތައް:

  • ހުރިހާ ދާއިރާތަކުގެ މެޑިކަލް ސްޕެޝިއަލިސްޓްސް
  • ޑެންޓަލް ދާއިރާ

އުޖޫރައާއި އެލަވަންސް އަދި މަސައްކަތުގެ މުއްދަތު:

  • ރިވިއު ކުރެވޭ ކޮންމެ ކޭސްއަކަށް އުޖޫރައެއް ރިވިއު ކުރާ ފަރާތަށް ދެވޭނެ
  • ކޭސް ހަވާލުކުރެވޭ މުއްދަތުން ފެށިގެން 7 ދުވަހާއި 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ރިވިއުކޮށް ނިންމުން

މަސައްކަތާއި ޒިންމާތައް:

  • ހުށަހެޅޭ މައްސަލައަކާ ގުޅޭގޮތުން މިނިސްޓްރީން ހަވާލުކުރާ ލިޔެކިޔުންތައް ބެލުމަށްފަހު ފަންނީ މާހިރެއްގެ ހައިސިއްޔަތުން ލަފާދިނުން.
  • ހުށަހެޅޭ މައްސަލައަކާ ގުޅިގެން އިތުރަށް މަޢުލޫމާތެއް ހޯދަންޖެހޭނަމަ އެމަޢުލޫމާތެއް ހޯދުމަށްޓަކައި މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރުން.
  • މައްސަލައާ ގުޅިގެން ހޯދުނު އެންމެހާ ލިޔެކިޔުންތަކާއި، މަޢުލޫމާތުތަކަށް ރިޢާޔަތްކުރުމަށްފަހު ތަފުސީލީ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހެޅުން.

ފެންވަރު ނުވަތަ ޝަރުޠު:

  • މަތީގައި ދެންނެވިފައިވާ ދާއިރާއަކުން ޚާއްޞަވެފައިވުން.
  • ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓަރީވެ ލައިސަންސް އޮތް މީހެއްކަމުގައި ވުން.
  • މަތީގައި އެވާ ދާއިރާއިން ޚާއްޞަވުމަށްފަހު މަސައްކަތުގެ ދާއިރާގައި 2 ނުވަތަ 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން. (މި މަޤާމަށް މީހަކު ހޮވުމުގައި މަސައްކަތުގެ ތަޖުރިބާއަށް އިސްކަންދެވޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ
  • ފަންނީ ދާއިރާގެ ކައުންސިލްގެ ރަޖިސްޓްރޭޝަންގެ ކޮޕީ
  • އައިޑީ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 3014483/3014319

ނޯޓް: މިކަމަށް އެދި 31 ޖުލައި 2016 ގެ 13:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޝަން ޑިވިޜަނަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected]/mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ. 

15 ޖޫން 2016
ހޯދާ