ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

އެޗްއާރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޏ. އަތޮޅު ހޮސްޕިޓަލް، ފުވައްމުލައް

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ބިދޭސީ މުވައްޒަފުންނާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން.

2. ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓްތައް ހަދައި ބެލެހެއްޓުމާއި، ކޮންޓްރެކްޓުގެ މުއްދަތު ހަމަވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުން.

3. ބިދޭސީ މުވައްޒަފުންގެ ބޭންކް އެކައުންޓް ހުޅުވުމުގައި އެހީތެރިވެދީ، ވިސާ/ޕާސްޕޯޓް/ވާރކުޕާމިޓާބެހޭ ހުރިހާ ކަމެއް މިނިސްޓްރީ އޮފް ހެލްތާ ގުޅައިގެން ކުރިއަށްގެންދިއުން.

4. އިމަޖެންސީ ޗުއްޓީގައިދާ މުވައްޒަފުންގެ ތެރެއިން ޑިޕޮސިޓް ބަހައްޓަންޖެހޭ މުވައްޒަފުންގެ ޑިޕޮސިޓް ކަންތައް  އެފަރާތްތަކާ ވާހަކަދައްކައިގެން ހަމަޖެއްސުން.

5. ބިދޭސީ މުވައްޒަފުން ޗުއްޓީގައި ދިއުމާބެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެއްސުމާއި، ޗުއްޓީގައި ދާމީހުންގެ ބަދަލުގައި މީހުން ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މަސައްކަތްކުރުން.

6. ސީނިއަރ މެނޭޖްމަންޓް ކޮމިޓީގެ ބައްދަލުވުންތަކާއި އެހެނިހެން ބައްދަލުވުންތައް،  މެނޭޖަރ ނުވަތަ ހޮސްޕިޓަލް ހިންގަވާ ބޭފުޅެއްގެ އިރުޝާދުގެދަށުން އިންތިޒާމްކުރުން.

7. މެނޭޖަރ ނުވަތަ ހޮސްޕިޓަލް ހިންގަވާ ބެފުޅެއްގެ ސެކެރެޓްރިއޭޓުގެ ޒިންމާތައް އަދާކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ:

1. ހިއުމަން ރިސޯސް މެނޭޖްމެންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، ބިޒިނަސް މެނޭޖްމެންޓް، އެންޕްލޯއިމެންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒިނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމެންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، ބިޒިނަސް މެނޭޖްމެންޓް، އެންޕްލޯއިމެންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒިނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

2. ރިސްކް އެލަވަންސްގެގޮތުގައި، ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސަސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. )

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ތަކެތި ހުށަހަޅާނީ، ޏ. އަތޮޅު ހޮސްޕިޓަލުގެ އޮފީސް ބަޔަށެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، އިމްތިޙާނުކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6861860 އެވެ. 

8 ރަމަޟާން 1437

13 ޖޫން 2016
ހޯދާ