ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓު އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައި، އިމާރާތާއި އިމާރާތުގެ ގޯތިތެރެ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

މިއަތޮޅު އިސްދޫގައި ޢިމާރާތްކުރަމުންދާ ކޯޓު އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައި، އިމާރާތާއި އިމާރާތުގެ ގޯތިތެރެ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 ޖޫން 2016 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކޯޓަށް ނުވަތަ ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ޖޫން 2016 ވާ ހޯމަ ދުވަހު 11:00 އަށް، މި ކޯޓަށް ނުވަތަ ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

11 ޖޫން 2016
ހޯދާ