ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ލޯން އެހީގެ ފުރުޞަތުތައް

އިޢުލާން

މަތީ ތަޢުލީމުގެ ލޯން އެހީގެ ފުރުޞަތުގެ ދަށުން ސާރކް ޤައުމުތަކުން އެމް.ބީ.ބީ.އެސް ފުރިހަމަކުރުމަށް ލޯން އެހީ ހަމަޖެހިފައިވާ ދަރިވަރުންނަށް ޕްލޭސްމަންޓް ހޯދުމުގައި ގިނަ ދަތިތަކެއް ހުރިކަން މިޑިޕާޓްމަންޓަށް ދަނީ ފާހަގަކުރެވެމުންނެވެ. ވީމާ، ސްރީލަންކާ، ބަންގްލަދޭޝް ނުވަތަ ނޭޕާލްގެ ޔުނިވަރސިޓީ/ކޮލެޖްތަކުން އެމް.ބީ.ބީ.އެސް ފުރިހަމަކުރެވޭ އަގުގައި ނުވަތަ އެއަށްވުރެ ހެޔޮއަގުގައި ކޯސް ފުރިހަމަކުރެވޭނެ ޤައުމަކުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ޔުނިވަރސިޓީއަކުން ކޯހުގެ ޕްލޭސްމަންޓް ހޯދުން އެންމެރަނގަޅު ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341327, 3341376 , 3341381  އާ ގުޅުއްވުން އެދެމެވެ.

 

 
14 ޖޫން 2016
ހޯދާ