ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ (ޢަރަބި ބަސް)

ވަޒީފާގެ ފުރުޞަތު

މަޤާމު:

ލެކްޗަރަރ (ޢަރަބި ބަސް)

ބޭނުންވާ އަދަދު: 1

މުސާރަ:

މަހަކު 12,687/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437/50 ރުފިޔާ

ފުޑް އެލަވަންސް: މަހަކު 1,800/00 ރުފިޔާ (ބިދޭސީންނަށް)

އެކަމަޑޭޝަން ހަމަޖައްސައިދެވޭނެ (ބިދޭސީންނަށް)

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ކުރަންޖެހޭ ތަން:

ލެންގުއޭޖް ލަރނިންގ ސެންޓަރ

ސްޕައިން ޕޮއިންޓް: 40

މަޤާމުގެ ޝަރްޠުތައް:

ގުޅޭ ދާއިރާއަކުން މާސްޓަރޒް ޑިގްރީ ހާސިލްކޮށްފައިވުން އަދި

ގުޅޭ ދާއިރާއަކުން ބެޗެލަރޒް ޑިގްރީ ހާސިލްކޮށްފައިވުން

 ނުވަތަ

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ (އަރަބި ބަސް)

ބޭނުންވާ އަދަދު: 1

މުސާރަ:

މަހަކު 11,374/40 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 4,874/74 ރުފިޔާ

ފުޑް އެލަވަންސް: މަހަކު 1,800/00 ރުފިޔާ (ބިދޭސީންނަށް)

އެކަމަޑޭޝަން ހަމަޖައްސައިދެވޭނެ (ބިދޭސީންނަށް)

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ކުރަންޖެހޭ ތަން:

ލެންގުއޭޖް ލަރނިންގ ސެންޓަރ

ސްޕައިން ޕޮއިންޓް: 37

މަޤާމުގެ ޝަރުޠުތައް:

ގުޅޭ ދާއިރާއަކުން ބެޗެލަރޒް ޑިގްރީ ހާސިލްކޮށްފައިވުން އަދި

ޢަރަބި ބަސް ކިޔަވައިދިނުމުގެ ރޮނގުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓޭބަލް ކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް، ވަރކްލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުން.
  • ޓިއުޓޯރިއަލްއާއި ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާއި އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
  • ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސްއާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
  • އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
  • މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
  • ޕާރޓްޓައިމް ލެކްޗަރާރުން ކިޔަވައިދެއްވާ މާއްދާތަކުގެ އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
  • ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
  • ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
  • އެކަޑަމިކް ރިސަރޗް ކުރުމާއި، ރިސަރޗް ޕަބްލިޝް ކުރުމުގައި ފެކަލްޓީތަކުގެ ބޭފުޅުންނާއެކު މަސައްކަތްކުރުން.
  • ޕޯސްޓް ގްރެޖުއޭޓް ރިސާރޗް ދަރިވަރުން ސުޕަރވައިޒް ކުރުން.
  • މާއްދާ ކޯޑިނޭޓްކުރުމާއި ކޯސް ކޯޑިނޭޓްކުރުން.
  • މަޤާމާ ގުޅޭގޮތުން ފެކަލްޓީން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • އެޕްލިކޭޝަން ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ
  • ޕާސްޕޯޓުގެ މުއްދަތު ހަމަނުވާ ކޮޕީ
  • ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުގެ ލިޔުން
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި:

މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] އަށް 2016 ޖޫން 19 ވަނަ ދުވަހުގެ ނިޔަލަށް އީމެއިލް ކުރެއްވުން އެދެމެވެ.

14 ޖޫން 2016
ހޯދާ