ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އޮފީހުގެ ބޭނުމަށް 1 ކޮޓަރީގެ އެޕާޓްމަންޓަކާއި އޮފީސް ޖާގައެއް ޏ. ފުވައްމުލަކުން ކުއްޔަށްހިފަން ބޭނުންވެގެން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި މި އޮފީހުގެ ނަންބަރު (IUL)196-C/1/2016/51 (29 މޭ 2016) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، 1 ކޮޓަރީގެ އެޕާޓްމަންޓަކާއި އޮފީސްޖާގައެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ތިރީގައިވާ މަޢުލޫމާތުތަކާއެކު 2016 ޖޫން 22 ވަނަ ދުވަހުގެ 10:00 އަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާގައި ހުންނަވާނެ މިއޮފީހުގެ މުވައްޒަފަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • ކުލި
  • ކުއްޔަށްދޫކުރަން ގަސްދުކުރާ މުއްދަތު
  • ޢިމާރާތުގެ ބޮޑުމިން (އިންތަކާއި މިންތައް ހިމެނޭގޮތުގެ) ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ކުރެހުމެއް
  • ޢިމާރާތުގެ ހާލަތު އެނގޭނެ ލިޔުމަކާއި ފޮޓޯތައް

9 ރަމަޟާން 1437

14 ޖޫން 2016
ހޯދާ