ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އެއަރކޯންތައް ކޮންޓްރެކްޓް އުސޫލުން މަރާމާތުކޮށް ބަލަހައްޓައިދިނުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

ޤައުމީ ކުތުބުޚާނާ ހިނގަމުންދާ މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް އިމާރާތާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޯންތައް ކޮންޓްރެކްޓް އުސޫލުން މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(25.05.2016) (IUL)56-CAS/1/2016/17  އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )

މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަންޕާކުގެ އިރު އުތުރު ކަންމަތި )

07 ރަމަޟާން 1437

12 ޖޫން 2016
ހޯދާ