މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ސިވިލް އިންޖިނިއަރ (އައްޑޫ ސިޓީ ހިތަދޫ) - މުއްދަތު އިތުރުކޮށްފައި

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ގްރާންޓް ނަންބަރު: TF019383

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސިސްޓެންޓް ސިވިލް އިންޖިނިއަރ (އައްޑޫ ސިޓީ ހިތަދޫ)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވާރލްޑް ބޭންކާ ގުޅިގެން ހިންގަމުންގެންދާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓް އުސޫލުން އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތް ކުރާނެ އެސިސްޓެންޓް ސިވިލް އިންޖިނިއަރެއް ހޯދުމަށް ކުރެވުނު IUL)438/438/2016/126) ނަންބަރު ދަޢުވަތު އިޞްލާޙުކޮށް، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ.

އެސިސްޓެންޓް ސިވިލް އިންޖިނިއަރގެ މަސައްކަތަކީ މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ހިންގާ މަޝްރޫޢުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ބެލެހެއްޓުމާއި އަދި އިންޖިނިއަރިންގގެ ދާއިރާއިން ފަންނީ ލަފަޔާއި އިރުޝާދު ދިނުމެވެ. 

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:

- ގުޅުންހުރި ދާއިރާއަކުން ޓާޝަރީ ކޮލިފިކޭޝަނެއް ހާސިލު ކޮށްފައިވުން؛

ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލު ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ކޮންޓްރެކްޓް ސުޕަރވިޝަންގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، މީގެ ތެރެއިން 1 އަހަރުދުވަހު ރާއްޖެތެރޭގައި މަސައްކަތްކޮށްފައިވުން.

- މަސައްކަތުގެ ދާއިރާއިން ކުއަންޓިޓީ ސަރވެއިންގ، އެސްޓިމޭޓިންގ އަދި ޕްރޮޖެކްޓް ސުޕަރވިޝަންގެ ތަޖުރިބާ ލިބިފައިވުން.

- ލަކުޑީގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

- ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛

- އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މީގެއިތުރުން ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުމާއި މަޝްރޫޢު އަމާޒުކުރެވޭ ސަރަޙައްދުތަކަށް ކަނޑައެޅޭ މުއްދަތުތަކަށް ގޮސް ރަށުން ބޭރުގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވާރލްޑް ބޭންކުގެ ކޮންސަލްޓެންޓުން ހޮވުމަށާއި، ވަޒީފާ ހަމަޖެއްސުމަށް ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިޞްލާޙުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މަސައްކަތަށް ހޮވޭ ފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި -/15,000 ރުފިޔާއާއި -/20,000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ 12 (ބާރަ) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 23 ވަނަދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 2016 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

13 ޖޫން 2016
ހޯދާ