ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މަޤާމުތަކަށް މީހުން ހޯދުން

އިޢުލާން

މިޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ.އެސް 4

ޔުނިޓް: އިންވިޖިލޭޝަން  

މުސާރަ:

-/5020 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެންކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ނުވަތަ

2. މަތީ ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި'  މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • މިޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ އެސް.އެސް.ސީ، އެޗް އެސް ސީ، ކެމްބްރިޖް އޯލެވެލް، އެޑްއެކްސެލް އޭ ލެވެލް، އީސޯލް އިމްތިޙާނު، އާންމު އިމްތިޙާނު އަދި އޮންޑިމާންޑް އިމްތިޙާނު ބޭއްވުމަށްޓަކައި އިންވިޖިލޭޓަރުން ހޯދުން.
  • މިޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ އެސް.އެސް.ސީ ، އެޗް އެސް ސީ ، ކެމްބްރިޖް އޯލެވެލް ، އެޑްއެކްސެލް އޭ ލެވެލް ، އީސޯލް އިމްތިޙާނު، އާންމު އިމްތިޙާނު އަދި އޮންޑިމާންޑް އިމްތިޙާނު ބޭއްވުމަށްޓަކައި އިންވިޖިލޭޓަރުން ތަމްރީން ކުރުން.
  • މިޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ އެސް.އެސް.ސީ ، އެޗް އެސް ސީ ، ކެމްބްރިޖް އޯލެވެލް ، އެޑްއެކްސެލް އޭ ލެވެލް ، އީސޯލް އިމްތިޙާނު، އާންމު އިމްތިޙާނު އަދި އޮންޑިމާންޑް އިމްތިޙާނު ބޭއްވުމަށްޓަކައި ހޯލްތަކުގެ ޑިސްޕްލޭ ބެހެއްޓުމާއި ޑެސްކުތަކުގައި ކެންޑިޑޭޓް ނަންބަރު ޖެހުން.
  • މިޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ އެސް.އެސް.ސީ ، އެޗް އެސް ސީ ، ކެމްބްރިޖް އޯލެވެލް ، އެޑްއެކްސެލް އޭ ލެވެލް ، އީސޯލް އިމްތިޙާނު، އާންމު އިމްތިޙާނު އަދި އޮންޑިމާންޑް އިމްތިޙާނުގެ އިންވިޖިލޭޓަރުން އިންވިޖިލޭޓް ކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  • މިޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ އެސް.އެސް.ސީ ، އެޗް އެސް ސީ ، ކެމްބްރިޖް އޯލެވެލް ، އެޑްއެކްސެލް އޭ ލެވެލް ، އީސޯލް އިމްތިޙާނު، އާންމު އިމްތިޙާނު އަދި އޮންޑިމާންޑް އިމްތިޙާނުގެ އިންވިޖިލޭޓަރުންނަށް އުޖޫރަ ދިނުމުގެ ކަންތައް ހަމަޖެއްސުން.
  • މިޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ އިމްތިޙާނުތަކުގެ ޕޭޕަރުތައް ހޯލުތަކަށް ގެންދިއުމާއި ގެނައުން.
  • މިޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ އެސް.އެސް.ސީ ، އެޗް އެސް ސީ ، ކެމްބްރިޖް އޯލެވެލް ، އެޑްއެކްސެލް އޭ ލެވެލް ، އީސޯލް އިމްތިޙާނު އަދި އޮންޑިމާންޑް އިމްތިޙާނުގެ އިންވިޖިލޭޓަރުންގެ ރެކޯޑު ބެލެހެއްޓުން.
  • އިމްތިޙާނު ބާއްވާ ސެންޓަރުތަކަށް ދޭންޖެހޭ މަޢުލޫމާތާއި އިރުޝާދު ދިނުން.
  • އިމްތިޙާނުތަކުގެ ސުވާލުކަރުދާސް ހަވާލުކުރުމަށާއި ޖަވާބުކަރުދާސް ނެގުމަށާއި ސެންޓަރ ޗެކްކުރުމަށާއި މަޢުލޫމާތު ދިނުމަށް ކުރާ ދަތުރުތަކުގައި ބައިވެރިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ.އެސް 4

ޔުނިޓް: ލޮޖިސްޓިކްސް

މުސާރަ:

-/5020 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ

2. މަތީ ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި'  މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • އޮފީހުގެ ޔައުމިއްޔާ ލިޔުން
  • އޮފީސް ހުޅުވައި ލައްޕައި އިންތިޒާމު ހަމަޖެއްސުން
  • ސިޓީތަކަށް ޖަވާބުދާރީވުން
  • އަހަރުރިޕޯޓް ތައްޔާރުކުރުން
  • އޮފީހުގެ ނައްތާލަންޖެހޭ ލިޔެކިޔުންތައް ނައްތާލުމުގެ އިންތިޒާމު ހަމަޖެއްސުން
  • ނީލަން ކިޔުމުގެ އިންތިޒާމު ހަމަޖެއްސުން

މަޤާމު

އެސިސްޓެންޓް އެގްޒަމިނޭޝަން އޮފިސަރ

ބޭނުންވާ އަދަދު: 01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

ޔުނިޓް: އެންޓްރީޒް

މުސާރަ:

-/4465 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މިޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ ކެމްބްރިޖް އޯލެވެލް ، އެޑްއެކްސެލް އޭ ލެވެލް ،އެ.ޗް.އެސް.ސީ، އެސް.އެސް.ސީ އާއި އޮންޑިމާންޑް އިމްތިޙާނާއި އާންމު އިމްތިޙާނުގެ އިތުރުންވެސް މިޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ އެހެނިހެން އިމްތިޙާންތަކުގެ އެޕްލިކޭޝަނާ ބެހޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  • މަތީގައި ބަޔާންކޮށްފައިވާ އިމްތިޙާނު ނިމުމުން، އިމްތިޙާނު ކަރުދާސް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  • އިމްތިޙާނު ބާއްވާ ސެންޓަރުތަކަށް ދޭންޖެހޭ މަޢުލޫމާތާއި އިރުޝާދު ދިނުން.
  • އިމްތިޙާނުތަކުގެ ސުވާލުކަރުދާސް ހަވާލު ކުރުމަށާއި ޖަވާބުކަރުދާސް ނެގުމަށާއި ސެންޓަރ ޗެކް ކުރުމަށާއި މަޢުލޫމާތު ދިނުމަށް ކުރާ ދަތުރުތަކުގައި ބައިވެރިވުން.
  • މިޑިޕާޓްމަންޓުން ރާވައި އިންތިޒާމުކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • އިމްތިޙާނުތަކާ ގުޅޭގޮތުން، އެވަގުތަކު ޚިދުމަތަށް އެދިގެން، ސެކްޝަން / އޮފީހުގެ ވެރިން އަންގަވާ މަސައްކަތްތައް ކުރުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމަށް ބަލާނޭ ކަންތައް

ހ. ލިބިފައިވާ ތަޖުރިބާ

ށ. ޤާބިލުކަން ކަށަވަރު ކުރުން

- އިންޓަރވިއުކޮށްގެން

އިންޓަރވިއު ކުރުން: މިމަޤާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކުރާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، ލަސްވެގެން މަސައްކަތު 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ

 * އިންޓަރވިއުއަށް ދަންނަވާނީ ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަންފޯމު (އެޕްލިކޭޝަންފޯމު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓްގެ www.dpe.edu.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތަޢުލީމީ ސަނަދުތަކުގެ ނަކަލު (އެކްރެޑިޓް ކޮށްފައިވާ ކޮޕީ)         

ނ. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ މި ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމަށް އެ މީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ދީފައިވާ ލިޔުން

ރ. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުން

ބ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލު (ދެފުށުގެ ލިޔުންތައް ފެންނާނޭހެން އަދި ލިޔުންތައް ސާފުކޮށް އެނގެން އޮތް)

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ) ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު

ތަކެތި ހުށަހަޅަންޖެހޭ އޮފީސް  

  މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގގެ 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

  ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖޫން 22 ބުދަ ދުވަހުގެ 13:30 ގެ ކުރިން

ނޯޓް: މި އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލާ (ޝަރުޠު ހަމަވާ) މީހުންގެ ތެރެއިން މަޤާމަށް މީހަކު ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ މަރުޙަލާތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

ހ) ޝޯޓްލިސްޓް ކުރާ މީހުންނާ އިންޓަރވިއު ކުރުން.

ށ) އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަރވިއުއަށް ހާޒިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އިންޓަރވިއު ނުކުރާނެއެވެ.

* މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިޑިޕާޓްމަންޓްގެ ނަންބަރު 3009339 ފޯނާއެވެ.

07 ރަމަޟާން 1437

12 ޖޫން 2016
ހޯދާ