ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ކޯޑިނޭޓަރ (ކޮންޓްރެކްޓް)

މަޤާމް :ކޯޑިނޭޓަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :10

ޓިވެޓްގެ ޓްރޭނިންގ ޕްރޮގުރާމްތައް ކޯޑިނޭޓް ކުރާނެ (ކޮންޓްރެކްޓް) ސްޓާފުން ބޭނުންވެއްޖެ.

   މަޤާމު:                       ކޯޑިނޭޓަރ (ކޮންޓްރެކްޓް)

   ބޭނުންވާ އަދަދު:                10

   ރޭންކް:                     ޖީ. އެސް 3

   ކްލެސިފިކޭޝަން:                އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

   މުސާރަ:                     -/5،965 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:              ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ

   ގިންތި:                      ވަގުތީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      ޕްރޮގުރާމް ޑިވެލޮޕްމަންޓް، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޓިވެޓްގެ ޓްރޭނިންގ ޕްރޮގުރާމް ހިންގާ މޮނިޓަރކޮށް އިމްތިޙާނާ ގުޅޭ އެންމެހާ ކަމެއް ކުރުން.                                                                                               
  • ޓިވެޓްގެ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުން.
  • އޮފީހުން ކުރިޔައްގެންދާ ޚާއްޞަ މަސައްކަތުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

ޝަރުޠު: 

1. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭ ފަރާތަކަށް.

ބ. ރާއްޖޭގެ ރަށްތަކަށާއި ރިސޯޓްތަކަށް ދަތުރުކުރެވޭ ފަރާތަކަށް.

އިންޓަރވިއު ކުރުން.

ހ. އިންޓަރވިއު އޮންނާނީ 30 ޖޫން 2016 ގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- މަޤާމަށް އެދި ހުށަހަޅާ ސިޓީ

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުން ނުވަތަ އެލިޔުންތަކުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ހ.ޣާޒީ ބިލްޑިންގ (ގްރައުންޑް ފްލޯ) އަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖޫން 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341269 / 3341313  ފޯނަށް ގުޅުއްވުން އެދެމެވެ.

12 ޖޫން 2016
ހޯދާ