މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީއަށް ތިރީގައި މި ދަންނަވާ ތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)459-A/1/2016/74 އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި އިޢުލާން ބާޠިލުކޮށް އަލުން މި ތަކެތި ވިއްކަވާނެ  ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.  

  • 1 ކާޑް ޕްރިންޓިންގ މެޝިން (ކާޓްރިޖާއެކު)
  • 1000 ޕްލާސްޓިކް ކާޑު
  • 2 ސްކޭނަރ

ވީމާ، މަތީގައި ދެންނެވިފައިވާ ތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހު 13:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 29 ވާ ބުދަ ދުވަހު 13:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

8 ރަމަޟާން  1437

 

 

13 ޖޫން 2016
ހޯދާ