މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެނިއުމަރޭޓާރސް (ސުވާލުދާރުން)

މަޤާމު

އެނިއުމަރޭޓާރސް (ސުވާލުދާރުން)

މުސާރައާއި އިނާޔަތްތައް

ދުވާލަކަށް -/300 ރުފިޔާ އަދި މީގެ އިތުރުން މަސައްކަތުގެ ގޮތުން ދޭންޖެހޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެ ވާހަކަ ދަންނަވަމެވެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

އަތޮޅުތެރެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  2016

ބޭނުންވާ އަދަދު

ޖުމުލަ 30 ސުވަލުދާރުން.

ބޭނުންވާ މުއްދަތު

ސާރވޭގެ ޓްރެއިނިންގް ފެށިގެން ފީލްޑް މަސައްކަތް ނިމެންދެން. (3 މަހާއި 5 މަހާ ދެމެދުގެ މުއްދަތަށް).

ޝަރުޠު

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، އަދި އެސް.އެސް.އީ އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅޭދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އިންޓަރވިއު ކުރުމުގައި ބެލެވޭނެ ކަންތައްތައް

  1. އެކި މިޒާޖުގެ މީހުންނާ މުޢާމަލާތު ކުރުމުގެ ޤާބިލުކަން.
  2. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު ލިޔަންކިޔަން އެނގުމުގެ ހުނަރު.
  3. އިސް ނަގައިގެން މަސައްކަތް ކުރުމުގެ ހުނަރު.
  4. އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު.
  5. ސުޕަވައިޒަރު ދޭ އިރުޝާދު ގެ ދަށުން މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން.
  6. ބައިވެރިވެފައިވާ ސާރވޭތަކުގެ ތަޖުރިބާ.
  7. ގިނަ ދުވަސް ވަންދެން އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގައި ފީލްޑް މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާނީ މާލެއާއި އަތޮޅު ތެރޭގެ ރަށްރަށުން ސާރވޭ ކުރުމަށް ގުރުއަތުން ހޮވޭ ގެތަކަކަށް ޒިޔާރަތްކޮށް އެ ގޭގައި ދިރިއުޅޭ ސާރވޭ ކުރުމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކާ ބައްދަލުކޮށް ކަނޑައެޅިފައިވާ އުސޫލުން ސުވާލުކޮށް މަޢުލޫމާތު އެއްކުރުމަށެވެ. 

މައިގަނޑު މަސައްކަތްތައް.

  1. މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގައި ބޭނުންކުރާ ގޭބިސީތަކުގެ ލިސްޓު އަދި ސާމްޕަލްގައިވާ ގޮތުގެ މަތިން ސާރވޭ ކުރަންޖެހޭ ގޭބިސީތައް ފާހަގަކޮށް އެ ގޭބިސީތަކުގެ ސުވާލުތައް ފުރިހަމަކުރުން.
  2. ސާރވޭގައި ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ ސުވާލުކަރުދާސްތައް ފުރިހަމަކުރުން.
  3. ސާރވޭގައި ބައިވެރިވާ މީހުންނާ ސުވާލުކަރުދާހުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ސުވާލުކުރުމާއި، ހުރިހާ ސުވާލެއް ފުރިހަމަ ކުރެވިފައި ވޭތޯ ބަލާ ޗެކްކުރުމާއި އަދި އެކަމާބެހޭ ލިޔެކިއުންތައް ފުރިހަމަކުރުން.
  4. ސާރވޭ ފީލްޑުގައި މަސައްކަތް ކުރަމުންދާއިރު، ކޮންމެ ސުވާލުދާރަކު ވެސް މަސައްކަތްތައް ނިންމަމުންދާ ވަރަކުން އެ ސުވާލުދާރެއްގެ ސުޕަވައިޒަރާއި މަޢުލޫމާތު ހިއްސާކުރުން.
  5. ސާރވޭކުރުމުގެ މެނުއަލްގައި، ސާރވޭ ކުރުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކުރުން.

ނޯޓު

*ސުވާލުދާރުންނަށް ސާރވޭގެ ހުރިހާ ބައިތަކެއްގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު ސާރވޭގެ ތަމްރީނުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ. ސާރވޭގައި މަސައްކަތް ކުރެވޭނީ މި ތަމްރީނު ނިންމުމަށް ފަހުއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ފޯނު ނަންބަރު 3014330،3014335 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ޙާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ނޯޓު

* ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް އީމެއިލްގެ ޒަރީޢާއިން ގަބޫލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. ވީމާ އީމެއިލްގެ ޒަރީޢާއިން ހިއްސާކުރައްވަން ތިރީގައި މި ދަންނަވާ އީ-މެއިލްއަށް ފޮނުވުން އެދެމެވެ.

[email protected]  *

ސުންގަޑި: 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

އިންޓަރވިއުކުރުން އޮންނާނީ 26 ޖޫން 2016 އާއި 30 ޖޫން 2016 ދެމެދު މި މިނިސްޓްރީގައެވެ.

13 ޖޫން 2016
ހޯދާ