ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތާރުއެޅި 820 މީޓަރުގެ ދިގުމިނުގެ މަގެއް ޑިޒައިންކޮށް މަގު ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތިލަފުށި ކޯޕަރޭޝަން އިން ކ. ތިލަފުށީގެ، ތިލަފުށި 1 އަދި ޓީ.އައި.ޒެޑް ގުޅުވައި ދިނުމަށް މިހާރު ހެދިފައިވާ ކޯސްވޭގައި، އެކްސެސް ރޯޑް ޕްރޮޖެކްޓް ގެ ދަށުން ތާރުއެޅި 820 މީޓަރުގެ ދިގުމިނުގެ މަގެއް ޑިޒައިންކޮށް މަގު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު TCL/PROC-TA/2016/015 އާ ގުޅިގެން ހުޅުވާލި ބީލަން ހުށަހެޅުމުގެ ފުރުޞަތުގައި އެކަށީގެންވާ ޓެކްނިކަލް ޕްރޮޕޯސަލްތަކެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އެކްސެސް ރޯޑް ޕްރޮޖެކްޓްގެ ދަށުން މި މަގު ޑިޒައިންކޮށް މަގު ހެދުމަށް ޝައުޤުވެރިވެލައްވާ، މިކަމުގެ ފަންނީ އަދި ޢިލްމީ ތަޖުރިބާހުރި ރާއްޖެ އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަން ފޮތަށް ފައިސާ ދެއްކުން

ޓީސީއެލް ހެޑް އޮފީސް

03 ދުވަސް

14 ޖޫން 2016 އިން 16 ޖޫން 2016 އަށް

10:30 އިން 14:00

ބީލަން ފޮތް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

ބުރާސްފަތި

16 ޖޫން 2016

13:30 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ

ޓީސީއެލް ހެޑް އޮފީސް

އާދީއްތަ

19 ޖޫން 2016

10:30 ގައި

ސައިޓުބެލުން

ކ. ތިލަފުށި

އާދީއްތަ

19 ޖޫން 2016

ފަހުން ހާމަކުރެވޭނެއެވެ.

ބިޑް ހުށަހެޅުން އަދި ޓެކްނިކަލް ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

އާދީއްތަ

26 ޖޫން 2016

09:00 ގައި

ޓެކްނިކަލް ގޮތުން ޤާބިލު ފަރާތްތަކުގެ ކޮމާޝިއަލް ޕްރޮޕޯސަލް ހުޅުވުން އޮންނާނެ ތަނަކާއި، ތާރީޚު އަދި ގަޑި އެފަރާތްތަކަށް އެންގޭނެއެވެ. އަދި ޤާބިލު ނޫން ފަރާތްތަކުގެ ކޮމާޝިއަލް ޕްރޮޕޯސަލް ނުހުޅުވާ ހަވާލުކުރެވޭނެއެވެ.

  • ބީލަން ފޮތުގެ އަގަކީ -/1542 ރުފިޔާ (އެއް ހާސް ފަސްސަތޭކަ ސާޅީސް ދެ ރުފިޔާ) ނުވަތަ 100.00$US (ސަތޭކަ ޔޫއެސް ޑޮލަރު) އެވެ. މި ފައިސާއަކީ ރިފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ. ކުރީ ފަހަރުތަކުގައި ފައިސާދެއްކި ފަރާތްތަކަށް އިތުރު ފީއަކާ ނުލައި ޑޮކިއުމަންޓް ދޫކުރެވޭނެއެވެ.

  • ބީލަން ހުށަހަޅާއިރު މަދުވެގެން -/300,690 ރ. (ތިން ލައްކަ ހަސަތޭކަ ނުވަދިހަ ރުފިޔާ) ނުވަތަ 19,500.00$US (ނަވާރަ ހާސް ފަސްސަތޭކަ ޔޫއެސް ޑޮލަރު) ގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބޭންކް ގެރެންޓީގެ މުއްދަތަކީ މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލެވެ.

  • ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.

  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ޓެކްނިކަލް ޕްރޮޕޯސަލް އަދި ކޮމާޝިއަލް ޕްރޮޕޯސަލްގެ ގޮތުގައި ހުށަހަޅުއްވައި ޕްރޮޕޯސަލްތައް އޮންނަންވާނީ ވަކި ދެސިޓީ އުރައަށްލުމަށްފަހު ބަންދުކޮށް ސީލް ޖައްސަވާފައެވެ. އަދި ކޮންމެ ޕްރޮޕޯސަލްއެއްގެ އަސްލަކާއި ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުގައެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

12 ޖޫން 2016
ހޯދާ