މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައިލެންޑްސް، މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް މޮނިޓަރކޮށް ސުޕަރވައިޒް ކުރާނެ ދެ ކޮންސަލްޓަންޓުން ހޯދުމާގުޅޭ

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައިލެންޑްސް

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 ކޮންސަލްޓަންޓް

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ، ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައިލެންޑްސް، މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް މޮނިޓަރކޮށް ސުޕަރވައިޒް ކުރާނެ  2 (ދޭއް) ކޮންސަލްޓަންޓުން ހޯދުމަށް ބޭނުންވެއެވެ.

ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަޝްރުޢޫތަކުގެ ޢަމަލީ މަސައްކަތްތައް ކޮންޓެރްކްޓްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައަޅާފައިވާ ސްޓޭންޑަޑްތަކާއި ރެގިއުލޭޝަންތަކާ އެއްގޮތަށް މަސައްކަތްތައް ކުރޭތޯ މޮނިޓަރކޮށް ސުޕަރވައިޒްކުރުން ހިމެނެއެވެ.

ކޮންސަލްޓަންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) މަސައްކަތާގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާސިލުކޮށްފައިވުން.

ށ)  މަދުވެގެން 5 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، 3 އަހަރުދުވަހު ސިވިލް މަސައްކަތްތަކުގެ ސުޕަވައިޒަން އަދި މޮނިޓަރިންގގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނ) ކޮންޕިއުޓަރ އެއިޑެޑް ސޮފްޓްވެއަރގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ) މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގައި ޢަމަލީ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛ 

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު ޕްރޮޖެކްޓުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

- މިކަމަށް ކުރިމަތިލާ ފަރާތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ ހަވާލުކުރެވިފައިވާ ސިވިލް ސާރވިސްގެ މަޤާމުގެ މަސައްކަތް ކުރަމުންދާ ގޮތުގެ ފެންވަރު ބަލައި ވަޒަންކުރެވޭނެއެވެ.

މި މަސައްކަތުގެ މުއްދަތަކީ 24 (ސައުވީސް) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. މި މަސައްކަތައް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 2015 ގައެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރާއި ފައިނޭންޝަލް ޕްރޮޕޯސަލް (މި މަސައްކަތް ކޮށްދޭނެ އަގު ހުށަހަޅަން ވާނީ ޕްރޮފެޝަނަލް އިންޝުއަރެންސް، މެޑިކަލް އިންޝުއަރެންސް، ޓެކްސް، ރެމިއުންރޭޝަން އަދި ރީއެމްބާރސަބަލް ވަކިވަކިން އެނގޭނެ ގޮތަށް) ހުށަހަޅަން ވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv  ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން "ޕްރޮޕޯސަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފާރަތްތަކުގެ ހާޒިރުގައި 28 ޖޫން 2016 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.

ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓްސް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: 301-3018-960+

އީމެއިލް: [email protected]

13 ޖޫން 2016
ހޯދާ