ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ކޮމްޕިޓަންސީ އެގްޒާމް

އިޢުލާން

މޯލްޑިވްސް ބޯޑު އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިޙާނާބެހޭ

މި ފެކަލްޓީގެ ނަންބަރު: 02 /2016/MED/153-FHS ގެ އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

އެ އިޢުލާނުގައިވާ ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށާއި، ކޮމިއުނިޓީ ހެލްތު/ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕީޓަންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރިގައި މިދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައެވެ.

#

މަސް

ދުވަސްތައް

1

ޖުލައި

25،11

2

އޮގަސްޓު

22،8

3

ސެޕްޓެންބަރު

19،5

4

އޮކްޓޫބަރު

31،17،03

5

ނޮވެންބަރު

28،14

އިމްތިޙާނުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.

  • އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނާ) ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރުން.

  • އިމްތިޙާން އޮންނަ ދުވަހު އިމްތިޙާން ފެށުމުގެ 30 މިނިޓު ކުރިން އިމްތިޙާނަށް ހާޒިރުވުން.

  • އިމްތިޙާނަށް ހާޒިރުވާއިރު ޕާސްޕޯޓް (ބިދޭސީއަކުނަމަ)، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (ދިވެއްސެއްނަމަ)، އިމްތިޙާނަށް ދައްކަންޖެހޭ ފީ ދެއްކިކަމުގެ ރަސީދު އަދި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްއިން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އެޕްރޫވަލް ސްލިޕް ނުވަތަ އެ ބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިއުން ގެނައުން.

އިތުރު މަޢުލޫމާތު މި ފެކަލްޓީގެ ފޯނު ނަންބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

08 ރަމަޟާން 1437

13 ޖޫން 2016
ހޯދާ