ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޓްވިން ކެބެއް ގަތުމަށް

އިޢުލާން

ޓްވިން ކެބެއް ގަތުމާބެހޭ:

މި ކުންފުނީގެ ސ. ހިތަދޫ ބްރާންޗްގެ ފެނާއި ނަރުދަމާ ޑިޕާޓްމަންޓްގެ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ޓްވިން ކެބެއް ނުވަތަ ޑަބަލް ކެބެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް އަގު ހުށަހަޅުއްވާނީ ޑޯރުސްޓެޕް ޑެލިވަރީއަށެވެ.

ބިޑާ ގުޅޭ މަޢުލޫމާތު ކަރުދާސް 2016 ޖޫން 13 ން 16 ގެ ނިޔަލަށް ރަސްމީ ގަޑީގައި 10:30 ން 13:30 މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. ނުވަތަ މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ އީމެއިލް [email protected] ނުވަތަ [email protected] އަށް ރިކުއެސްޓުކުރުމުން މަޢުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ. މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި މަޢުލޫމާތުކަރުދާސް ދޫކުރެވޭ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑްއޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

08 ރަމަޟާން 1437

13 ޖޫން 2016
ހޯދާ