ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ލަކުޑި ކަބަޑެއް އަމިއްލަ ތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ލަކުޑި ކަބަޑެއް އަމިއްލަ ތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދަން

ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ރިސެޕްޝަންގެ ތެރޭގައި ލަކުޑިއާއި ޕްލައިވުޑް ބޭނުންކޮށް، މި ފެކަލްޓީން ދޭ ކުރެހުމާ އެއްގޮތަށް ކަބަޑުސެޓެއް އަމިއްލަ ތަކެތީގައި ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖޫން 19 ވަނަ ދުވަހު 11:30 އަށް މި ފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 23 ވަނަ ދުވަހުގެ 11:30 އަށް މި ފެކަލްޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

13 ޖޫން 2016
ހޯދާ