މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
4 (ހަތަރެއް) ރަށަކަށް ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

4 (ހަތަރެއް) ރަށަކަށް ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް:

1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ތިރީގައިވާ ތާވަލުގައިވާ 4 (ހަތަރެއް) ރަށަށް ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)13-K1/13/2015/83 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ރަށް

ބިޑްސެކިއުރިޓީ

ލޮޓް 1- ސ. ހުޅުމީދޫ

-/15,000 ރުފިޔާ

ލޮޓް 2- ޏ. ފުވައްމުލައް

-/15,000 ރުފިޔާ

ލޮޓް 3- ގއ. ވިލިނގިލި

-/15,000 ރުފިޔާ

ލޮޓް 4- ގދ. ތިނަދޫ

-/15,000 ރުފިޔާ

2. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 13 ޖޫން 2016 އިން 26 ޖޫން 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓުގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓުގެ ފުރަތަމަ އަދި ދެވަނަ ޓެންޑަރގައި ރަޖިސްޓަރީވެފައި ފަރާތްތަކުންވެސް މި ޓެންޑަރގައި އަލުން ރަޖިސްޓަރީކުރަން ޖެހޭނެއެވެ.

4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން،

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349191    3349106

ފެކްސް  : 3320706    3324432

އީމެއިލް  : [email protected]

ކޮޕީ    : [email protected]

5. މި ޕްރޮޖެކްޓުގެ ވަކިވަކި ލޮޓުތަކަށް ނުވަތަ ހުރިހާ ލޮޓަކަށްވެސް ބިޑް ހުށަހެޅިދާނެއެވެ. މި ޕްރޮޖެކްޓާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ.

6. މި ޕްރޮޖެކްޓަށް ހުށަހަޅަން ޖެހޭ ބިޑް ސެކިޔުރިޓީގެ ތަފުސީލު މަތީގައިވާ ތާވަލުގައި އެ ވަނީއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުށަހަޅާ ތާރީޚުން ފެށިގެން 119 ދުވަހެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޝަންގެ ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. މި އިޢުލާން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

12 ޖޫން 2016
ހޯދާ