އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސީ.ސީ ކެމެރާ ސިސްޓަމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސީ.ސީ ކެމެރާ ސިސްޓަމެއް ޤާއިމުކުރުން:

މި މަރުކަޒުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި މަރުކަޒުގައި ސީ.ސީ ކެމެރާ ސިސްޓަމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތްކުރަންޖެހޭނީ އަމިއްލަ ތަކެތީގައެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާފަރާތްތަކުން 2016 ޖޫން 20 ވަނަ ދުވަހުގެ 11:30 އަށް މި މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖޫން 30 ވަނަ ދުވަހުގެ 11:30 އަށް މި މަރުކަޒަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން އައި.ޑީ ކާޑު ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެއެވެ. މަޢުލޫމާތު ސާފުކުރަނީ ކުންފުންޏަކުންނަމަ، ނުވަތަ ވިޔަފާރިއެއްގެ ނަމުގައި ކަމަށްވާނަމަ، އެ ތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭނެއެވެ.

12 ޖޫން 2016
ހޯދާ