އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކުލާސްރޫމުތަކުގެ ދޮރުތަކާއި ކަރަންޓް ސޮކެޓްތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަރުކަޒުގެ ކުލާސްރޫމުތަކުގެ ދޮރުތަކާއި ކަރަންޓް ސޮކެޓް މަރާމާތުކުރުމާބެހޭ:

މި މަރުކަޒުގެ ކުލާސްރޫމުތަކުގެ ދޮރުތަކާއި ކަރަންޓް ސޮކެޓްތައް ބަދަލުކުރުމަށް މި މަރުކަޒުން ކުރި، ނަންބަރު GS40/2016/24 (19 އެޕްރީލް 2016) އިޢުލާނަށް ބިޑް ހުށަހެޅި އެއްވެސް ފަރާތެއް ހޮވިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށްް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 20 ވާ ހޯމަަ ދުވަހުގެ 11:50 އަށް މި މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

12 ޖޫން 2016
ހޯދާ