މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކ. މާފުށީގައި ވޯޓަރ ޓޭންކުގެ ފައުންޑޭޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ފަރާތުން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން ކ. މާފުށީގައި 1500 ކިއުބިކް މީޓަރު ޓޭންކުގެ ފައުންޑޭޝަންގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/500 ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 13 ޖޫން 2016 އިން 19 ޖޫން 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 01:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 20 ޖޫން 2016 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައި ވަނީ 2016 ޖޫން 22 ވަނަ ދުވަހު 11:00 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 2016 ޖޫން 28 ވަނަ ދުވަހު 11:00 އެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވޯރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯރޑްކުރެވޭތާ 14 ދުވަހުގެތެރޭގައި ހުށަހަޅަންވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

13 ޖޫން 2016
ހޯދާ