ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
ކަބަޑުތަކެއް ޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.                     

މި ސްކޫލުގައި ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 11 އެޕްރީލް 2016 ގައި ކުރި ނަންބަރު GS157/2016/IU25 އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، 25 އެޕްރީލް 2016 ގައި ކުރި ނަންބަރު GS157/2016/IU28 އިޢުލާނަށް ހުށަހަޅާފައިވާ އަގުތައް ބޮޑުވުމުގެ ސަބަބުން އެ އިޢުލާންވެސް ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

ނަންބަރު

ޕްރޮޖެކްޓުގެ ނަން

1

ފެންފުށީ ސްކޫލުގެ ކްލާސްރޫމުތަކުގައި ކަބަޑުތަކެއް ޖެހުން.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއެކު ފޮނުވަންޖެހޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރުގައި ސިޓީގެ ބޭރުގައި ހުށަހަޅުއްވާ ޕްރޮޖެކްޓުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

7 ރަމަޟާން 1437

12 ޖޫން 2016
ހޯދާ