ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފެސިލިޓީސް މެނޭޖަރ – މާލެ ސަރަހައްދު

މަޤާމް :ފެސިލިޓީސް މެނޭޖަރ – މާލެ ސަރަހައްދު
ބޭނުންވާ އަދަދު :1

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހުންނެވެ.

މަޤާމު:

ފެސިލިޓީސް މެނޭޖަރ – މާލެ ސަރަހައްދު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

މެނޭޖަރ

މުސާރައާއި ޢިނާޔަތްތައް:

މަހަކު -/20,000 ރުފިޔާއާ -/25,000 ރުފިޔާއާ ދެމެދު އަދަދެއް (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒީފާ އަދާކުރަންޖެހޭ އޮފީސް، ރަށް:

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، މާލެ

ބޭނުންވާ އަދަދު:

01 (އެކެއް)

ޝަރުޠު:

(ހ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،

(ށ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 03 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،

(ނ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،

(ރ) ބިޒްނަސް މެނޭޖްމަންޓް، އެންވަޔަރަމަންޓް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 05 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

(ބ) ސިނާޢީ މަސައްކަތްތައް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ޅ) ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ކ) އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

(އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން؛

(ވ) މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަންސްތައް ހިންގާ ސައިޓްތަކުގެ މަސައްކަތްތައް ބެލެހެއްޓުން
  2. ކޯޕަރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންސް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި އެ ދިރާސާތަކުގެ އަލީގައި ޚިދުމަތްތައް ރަނގަޅުކުރުން.
  3. މަސައްކަތްތައް ހިންގާނެ ގޮތުގެ އާންމު އުސޫލުތައް (ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ) ތައްޔާރު ކުރުމާއި އަދި އެ އެސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތްތައް ބެލެހެއްޓުން.
  4. މަސައްކަތްތައް މޮނިޓަރ ކުރާނެ ނިޒާމެއް އެކުލަވާލައި، ލިބޭ ހިޔާލުތަކުގެ އަލީގައި ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.
  5. ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދިރާސާކޮށް އެޚިދުމަތްތައް ފަރުމާކޮށް ހުށަހެޅުން. 
  6. އޮޕަރޭޝަންސް ޑިޕާޓްމަންޓުން ތައްޔާރުކުރާ ތަފާތު ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި މަހުންމަހަށް ރިޕޯޓް ތައްޔާރުކުރުން.
  7. ކޯޕަރޭޝަންގެ އޮޕަރޭޝަން ޑިޕާޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ތަރައްޤީކޮށް ހިންގުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

- މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.

- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

- އިންޓަރވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއޮފީހުގެ ވެބްސައިޓުން (http://wamco.com.mv/resources/forms/) މި ފޯމު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކުރެވިފައިވާ)

- ޕޮލިސްރިޕޯޓު (ރިޕޯޓް ދޫކުރެއްވި ތާރީޚުގެ ފަހުން 03 މަސްދުވަސް ހަމަނުވާ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު).

ސުންގަޑި އަދި ލިޔުންތައް ހުށަހަޅަންޖެހޭ އިދާރާ:

- 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާއަށް) ހުށަހެޅުއްވުން.

އިންޓަރވިއު އާއި އިމްތިޙާންކުރުން:

- އިންޓަރވިއުއާއި އިމްތިޙާންކުރުން، 23 ޖޫން 2016 އާއި 30 ޖޫން 2016 އާ ދެމެދުގައި، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހުގައި (މއ. ޖަންބުގަސްދޮށުގޭގެ 3 ވަނަ ފަންގިފިލާގައި) އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- އިންޓަރވިއުއާއި އިމްތިޙާންކުރުމަށް ކޯޕަރޭޝަނުން ގުޅާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3000581 ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

07 ރަމަޟާން 1437

12 ޖޫން 2016
ހޯދާ