މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފައިލް ސާވާ ސިސްޓަމާއި މި ސިސްޓަމަށް ބޭނުންވާ ތަކެތި ހޯދުން

އިޢުލާން

މި މިނިސްޓްރީގެ ބޭނުންވާ 2 ފައިލް ސާވާ އަދި މި ސިސްޓަމަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 16 ވަނަ ދުވަހުގެ މެންދުރު 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 23 ވަނަ ދުވަހުގެ މެންދުރު 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

07 ރަމަޟާން 1437

12 ޖޫން 2016
ހޯދާ