މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ހެލްތު އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން: މަރަދޫފޭދޫ ސްކޫލް

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް1

މުސާރަ: މަހަކު -/5610 ރުފިޔާ 

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ހުއްދަ ނަންބަރު: 22D/GS-61/2016/6(އެމްއެސްޖީ)

މަޤާމުގެ ޝަރުޠު:

1. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހެލްތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުންވާ ޞިއްހީ މަޢުލޫމާތު ސްކޫލުގައި ފޯރުކޮށްދިނުން.

- ދަރިވަރުން ސްކޫލުގައި ތިބޭއިރު ކުއްލިއަކަށް ދިމާވާ ޞިއްޙީ ކަންތައްތަކަށް ފަރުވާ ދިނުން.

- ދަރިވަރުންގެ ހެލްތު ސްކްރީންގެ ކަންތައްތައް ވިލަރެސްކޮށް ބެލެހެއްޓުން.

- ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ ޞިއްޙީ މައްސަލަތައް ފާހަގަކޮށް، އެކަމުގެ މަޢުލޫމާތު، ކްލާސް ޓީޗަރަށާއި، ސުޕަވައިޒަރަށާއި، ސްކޫލުގެ ވެރިޔާއަށާއި، ބެލނިވެރިންނާ ހިއްސާކޮށް، އެކަމުގައި ދެވެންއޮތް އެހީތެރިކަމެއް ދިނުން.

- ސްކޫލުގެ ދަރިވަރުން ނުވަތަ ސްޓާފުން ތަމްސީލްކުރާ ކުޅިވަރު ހަރަކާތްތަކާއި، ފަސްޓްއެއިޑް ބޭނުންވެދާނެ އެހެނިހެން ހަރަކާތްތަކުގައި ފަސްޓް އެއިޑުގެ ޚިދުމަތް ދިނުން.

- ސްކޫލުގެ ދަރިވަރުންގެ ހެލްތު ރެކޯޑް ބެލެހެއްޓުން.  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ދިވެހި ސިވިލް ސަރވިސްގެ  ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސުކޫލުގެ އޮފީހުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތަކީ، ސިވިލް ސަރވިސްގެ މުއައްސަސާއެއްގައި މަސައްކަތްކުރާ ނުވަތަ ސަރުކާރުގެ އެހެން މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އެ މުވައްޒަފުގެ ވަޒީފާ މި ސުކޫލަށް ބަދަލުވުމާމެދު އިޢުތިރާޒު ނުކުރައްވާކަމުގެ ލިޔުން.
  • ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތަކީ، ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، އެ މުވައްޒަފުގެ ވަޒީފާ މި ސުކޫލަށް ބަދަލުވުމާމެދު އިޢުތިރާޒު ނުކުރައްވާކަމުގެ ލިޔުން.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް.

އިންޓަވިއު ކުރުން:

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއުކުރުން މަރަދޫފޭދޫ ސްކޫލުގައި އޮންނާނެއެވެ. އިންޓަވިއު ކުރިއަށް ގެންދެވޭނީ، 2016 ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

- އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އެމީހަކު އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދޭ ފޯމުގައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ސުންގަޑި: 

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ޖޫން 21 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންވެފައިވާ ލިއުންތަކާއެކު، މަރަދޫފޭދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން:

އިތުރު މަޢުލޫމާތު ހޯދަން ގުޅާނީ، 6891531 ނަންބަރު ފޯނާއެވެ.

4 ރަމަޟާން 1437


 
09 ޖޫން 2016
ހޯދާ